ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރުގެ ދެ މަސްބޯޓެއް؛ އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުގައުމުގެ ދެ މަސް ބޯއްޓެއް ފެނިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދެ މަސްބޯޓު ފެނުނީ، ގދ. އަތޮޅާއި ފުވައްމުލަކު ދޭތެރޭ އޮންނަ އިކްއެޓޯރިއަލް ޗެނަލް ތެރެއިން، ގދ.ފިޔޯރީގެ ހުޅަނގުން ގާތްގަނޑަކަށް 9 ނޯޓިކަލް މޭލު ބޭރުން، އިރުން ހުޅަނގަށް ދަތުރުކުރަމުންދަނިކޮށް ކަމަށެވެ.
އަދި އެކަމުގެ ރިޕޯޓް ލިބިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން ހަރަކާތްތެރިވާން ފަށައިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބޯޓުތަކެއްކަން ސާފެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް