ލުވައިޒް އާއި ސަލްމާއަށް ރުހުން ހޯދަން މަޖިލީހަށް!
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޖެނީވާގައި ހުންނަ އދގެ އޮފީސްތަކުގެ ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ދާއިމީ މަންދޫބު ކަމާއި، ސިންގަޕޫރަށް ރާއްޖެއިން ކަނޑއަޅާ ސަފީރުންނަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އެ ދެ ގައުމަށް ސަފީރުން ކަނއެޅުމަށް މަޖލީހުގެ ރުހުން ހޯދަން ފޮނުވާފައިވާކަމަށް ވުދާލުވެފައެވެ. އެގޮތުން ފޮނުއްވާފައިވާ ދެ ނަމަކީ؛
1. ޑރ. ސަލްމާ ރަޝީދު، މ. ވިލާދަށުގެ، ޖެނީވާގައި ހުންނަ އދގެ އޮފީސްތަކުގެ ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ކަމަށް
2. މުހައްމަދު ލުއޭޒް، މއ. ދިލާސާގެ، ސިންގަޕޫރަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ސަފީރު ކަމަށް
އެ ދެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް ޚާރިޖީ ގުޅުންތަކާއި ބެހޭ ކޮމިޓީއަށް ވަނީ ފޮނުވާފައެވެ.
ލުވެއިޒަކީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ރިލޭޝަންސްގެ މަގާމުގެ އިތުރުން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ މެންބަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެއިތުރުން އެމްއެންޔޫގެ ކައުންސިލް މެމްބަރުކަންވެސް ލުވެއިޒް ވަނީ އަދާކުރައްވާފައެވެ.
ސަލްމާ ރަޝީދަކީ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާ އަށް ކުރިމަތިލައްވާ ސަރުކާރުގެ ކެންޑިޑޭޓު އަސްމާ ރަޝީދުގެ އެއްބަނޑުއެއްބަފާ ކޮއްކޯފުޅެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް