ވެމްކޯގެ މުވައްޒަފުން ކޮރަޕްޝަނާ ދެކޮޅަށް!
ވެމްކޯގެ މުވައްޒަފުންތަކެއް ޖުމްހޫރީ މައިދާނުގައި އިހްތިޖާޖުކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް މިއަދު ވަނީ ދައުރުވެފައެވެ.
އެކުންފުނީގެ މަދު މުވައްޒަފުންތަކެއް ޔުނީފޯމްގައި އިހްތިޖާޖުކުރާ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ. އެ މުވައްޒަފުން ހިފައިގެން ތިބި ބޯޑުގައި ވަނީ ކޮރަޕްޝަނަށް ނޫނެކޭ ބުނުމަށް ގޮވާލާފައެވެ.
މިކަމާއި ގުޅޭގޮތުން ވެމްކޯގެ އޮފިޝަލް އުބައިދު ވޮއިސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެއީ މުވައްޒަފުންގެ ހަގީގީ އިހުތިޖާޖެއް ނޫންކަމަށެވެ.
އުބައިދު ވިދާޅުވި ގޮތުގައި އެއީ އޭސީސީން ކޮރަޕްޝަނާއި ދެކޮޅަށް ހިންގާ ކެމްޕެއިނެއްގައި ބައިވެރިވުމުގެ ގޮތުން ވެމްކޯގެ މުވައްޒަފުން ޖުމްހޫރީ މައިދާނުގައި ކުރި ވީޑިޔޯ ޝޫޓެއްކަމަށެވެ.
މިފަދަ ވީޑިޔޯ ޝޫޓްތަކެއް މާލޭގެ އެހެން ސަރަހައްދުތަކުގައިވެސް މިއަދު ކުރިއަށްދިޔަކަން ފާހަަގަކޮށްލެވެއެވެ.
ފޮޓޯ: އަޒްމިސްޓް/ ޓްވިޓަރ
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް