ސުޕްރީމް ކޯޓުގެ ފަނޑިޔާާރުންނަށް ފިޔަވަޅު އަޅަން ފާސްކޮށްފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި މެދު ފިޔަވަޅު އެޅުމަށް ފެނޭތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ފަނޑިޔާާރުންނާއި މެދު ފިޔަވަޅު އަޅަން މަޖިލީހުން ނިންމީ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއަށް ފޮނުވައިގެންނެވެ.
މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ހުށައެޅުއްވި ހުށައެޅުމުގައި ވަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ ޝަރުތުތައް ހަމަވޭތޯ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބެލުމަށް އެދިފައެވެ.
އެ އިސްލާހު ފާސްވެފައިވަނީ 66 މެންބަރުންގެ ވޯޓުންނެވެ. އަދި އެއް މެންބަރަކު އެ ހުށަހެޅުން ބަލައި ގަންނަން ނުފެންނަ ކަމަށް ވެސް ވޯޓު ދެއްވި އެވެ.
މީގެ އިތުރުން ހުށަހެޅުމަކީ ސުޕްރީމް ކޯޓުންމަޖިލީހުގެ ބާރު ކަނޑުވާލި މައްސަލަ ބެލުމަށާއި، ފަނޑިޔާރުންގެ ކޮރޮޕްޝަންގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅާފައިވާ ނަމަ އެ މައްސަލައެއް އެ ކޮމިޝަނުން ލަސްނުކޮށް ބެލުމަށްވެސް ވަނީ ފާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް