މިއީ ނިޒާމު ބަދަލުކުރަންވާ ވަގުތެއް ނޫން: ޑރ. ޖަމީލް
މި ދަނޑިވަޅަކީ ރާއްޖޭގެ ވަެރިކަމުގެ ނުޒާމު ބަދަލުކުރަންޖެހޭ ވަގުތެއް ނޫންކަމަށް ކުރީގެ ނައިބު ރައީސް ޑރ. އަހްމަދް ޖަމީލް ވިދާޅުވެއްޖެއެވެ.
ޖޭޕީ ޓިކެޓްގައި މިފަހަރުގެ މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ޖަމީލް މިހެން ވިދާޅުވީ، އެ ދާއިރާގެ ކެންޑިޑޭޓުންނަށް ޚާއްސަކޮށްގެން ބޭއްވި ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުންގެ ވޯޓަކުން ކަން ފާހަގަކުރައްވައި ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ނިޒާމު ބަދަލުކުރުމުގެ ވާހަކަ މި ވަގުތު އެ ވާހަކަ ދެއްކުމަކީ އެ ނިންމުމުގައި ކޮޅުފައިން ޖެހުން ކަމަށެވެ.
"މި ދަނޑިވަޅަކީ އެއްވެސް ހާލެއްގައި ރާއްޖޭގެ ނިޒާމު ބަދަލުކުރަންވާ ވަގުތެއް ނޫން" ޑރ. ޖަމީލް ވިދާޅުވިއެވެ.
އަދި ނިޒާމުގެ ވާހަކަ ދެއްކުމަށް ވުރެ މާ މުހިއްމު ކަންތައް ޤައުމަށް ހުރިކަން ޑރ. ޖަމީލް ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. ޖަމީލް ވިދާޅުވި ގޮތުގައި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ފުރުސަތު ދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ. އަދި އެފަދަ ކަންތަކަކީ ކަނޑައެޅިގެން ޑިމޮކްރެޓިކް ހަމަތަކާ ހިލާފުކަމެއް ކަމަށާއި ރާއްޖޭގައި ތިއްބެވި ހުރިހާ ވެރިން ވެސް އެކަމާއި ވިސްނަވަން ޖެހޭ ކަމަށެވެ.
ބެލެވޭ ގޮތުގައި ވެރިންގެ ގޮތުގައި ޑރ. ޖަމީލް ފާހަގަކުރެއްވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް