ރަމަޟާން ބްލަޑް ކޭމްޕަށް ތައްޔާރުތަ! މި މަހުގެ ހައެއް އަދި 16 ގައި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރަމަޟާން ބްލަޑް ކޭމްޕް މި މަހުގެ ދެ ދުވަހެއްގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
މި ކޭމްޕަކީ ރޯދަ މަހު ލޭ ހޯދުން ދަތިވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ ކޭމްޕެކެވެ. ހާއްސަކޮށް ގަވާއިދުން ލޭ އަޅަން ޖެހޭ ތެލެސީމިއާ ކުދީންނަށް ލޭ ހޯދުމަށް ދަތިވެ އެވެ. ބައެއް މީހުން ރޯދަ މަހު ލޭ ހަދިޔާ ކުރަން ވެސް ޖެހިލުންވެ އެވެ.
މި ކޭމްޕް ކުރިއަށް ގެންދާ ލޭއެޕްގެ ޕްރޮޖެކްޓް މެނޭޖަރު އަބްދުﷲ އިޔާޒް ވިދާޅުވީ ރަމަޟާން ބްލަޑް ކޭމްޕް އޮންނާނީ މި މަހުގެ ހަވަނަ ދުވަހާއި 16 ވަނަ ދުވަހު ކަމަށެވެ. ކޭމްޕް ކުރިއަށް ގެންދާނީ ރޭގަނޑު އަށަކުން 12 އަށެވެ.
ލޭއެޕުން ވަނީ މި ދެ ދުވަހު އެ ގަޑިތަކުގައި ވީހާވެސް ގިނަ ބަޔަކު ތެލެސީމިއާ ސެންޓަރަށް ޒިޔާރަތްކޮށް ލޭ ހަދިޔާ ކުރަން އެދިފަ އެވެ.
ލޭއެޕްގެ އިތުރުން މި ހަރަކާތް ކުރިއަށް ގެންދަނީ އެމްއެެންޔޫއެސްޔޫ އާއި މެޑިކޮސް އާއި އެހީ އާއި ބްލަޑް ޑޯނާސް އާއި ތެލެސީމިއާ ސޮސައިޓީ އާއި ރިޕަބްލިކް އޮފް ޑޯނާސް ގުޅިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް