މި ސަރުކާރުން ހިންގާ މަޝްރޫއުތައް ރައްޔިތުން ފެންނަން އެބަހުރި: ރައީސް ޞާލިހް
މި ސަރުކާރުން ހިންގާ މަޝްރޫއުތައް ރައްޔިތުން ފެންނަން އެބަހުރި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
"ޖަޒީރާ ރާއްޖެ، މަގޭ ރާއްޖެ" މިނަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައި ނުގަންނާނެ ކަމަށެވެ. އަދި މިހާތަނަށް މި ސަރުކާރުގައި ރައްޔިތުންނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ އެއީ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ދައުލަތުން ކުރާ ހަރަދުތައްވެސް ރައްޔިތުންނަށް އެނގޭ ކަމަށާއި، މަޝްރޫއުތަކާއި ގުޅޭ ކަންކަންވެސް ރައްޔިތުންނަށް އެނގޭ ކަމަށެވެ. ކުރީގެ ސަރުކާރުތަކަށްވެސް، ރައީސް ސޯލިހުގެ ވާހަަކަފުޅުގައި ވަނީ ފާޑު ވިދާޅުވެފައެވެ. އެގޮތުން، ފަތުރުވެރިކަމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، ރިސޯޓްތަކާ އެއްވަރަށް އެއާޕޯޓްތައް ނެތުން ކަމަށްވެސް ރައީސް ސޯލިހު ވަނީ ވިދާޅުވެފައެވެ.
ރައީސް ސޯލިހު އިތުރަށް ވިދާޅުވީ، ހެޔޮ ވެރިކަމެއްގެ އިހުސާސް މިހާރު ރައްޔިތުންނަށް ކުރެވެމުންދާނެ ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް