އިސްލާމްދީނާއި ޚިލާފު ފޮތްތަކެއް ވިއްކަނިކޮށް އަތުލައިގެންފި
އިސްލާމްދީނުގެ އަސްލުތަކާއި ޚިލާފް ފޮތްތަކެއް މާލޭގައި ވިއްކަމުން ދަނިކޮށް ކަސްޓަމްސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން މިކަން ހާމަކޮށްފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ.
އެ އިދާރާއިން ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފު ވާހަކަ ލިޔެވިފައި ހުރި 109 ފޮތެއް މާލޭގައި ވިއްކުމަށް ބަހައްޓާފައި ވަނިކޮށް އެފޮަތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އެ ފޮތްތައް ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ އިއްޔެއެވެ. މި ފޮތްތަކުގެ ތަފްސީލެއް އެފަރާތުން ހާމަކޮށްފައެއް ނުވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް