ސުޖާއުއަށް ބޭނުންވަނީ ތިބޭފުޅުންގެ އެހީ!
ދިރިއުޅުމަކީ އިމްތިހާނެކެވެ. މާތް ﷲ ދުނިޔެއަށް އިންސާނުން ފޮނުއްވީ އިމްތިހާން ކުރެއްވުމަށް ޓަކައެވެ. އަދި މިދުނިޔޭގައި ދިރިއުޅުމުގެ ތެރެއިން ބައެއް ފަހަރު ދިމާވާ ބިޔަ ކޮޅިގަނޑުން ސަލާމަށް ނުވެވި އެ ކޮޅިގަނޑުން ސަލާމަތްވާން ވަރަށް ގިނަ ދުވަސްތައް ހޭދަކުރަން ޖެހެއެވެ.
މިގޮތުން މާލެ އުފަން އަޙްމަދު ސުޖާޢު 30 އަހަރު އަކީވެސް ދިރިއުޅުމުގައި ގިނަ ކަންތައްތަކެއް ތަހައްމަލު ކުރަމުންދާ ބަލިމީހެކެވެ. ކުޑައިރުއްސުރެން ލޭގައި އިންފެކްޝަން އުފެދި ހަށިގަނޑުގެ އެކިގުނަވަންތަކުގައި ރިއްސާ ގައިގައި ބިހިނަގާތީ ޑަކްޓަރަށް ދެއްކުމުން ޑަކްޓަރު ވިދާޅުވެފައިވަނީ އެއީ ހަށިގަނޑުގައި އުފެދޭ ޖަރާސީމެއްގެ ސަބަބުން ވާ ކަންތަކެއް ކަމަށެވެ. އަދި މިގޮތަށް ދުވަސްތަކެއް ހޭދަކުރަމުންގޮސް އަޙްމަދު ސުޖާޢުގެ އަންހެނުން ބުނީ މިފަހަކަށް އައިސް އަޙްމަދު ސުޖާޢުގެ ބަނޑުގައި ރިއްސާ ދެފައިތިލާގައި ރިއްސާ ދެއަތް އައްސިވެ ދުޅަވާ ކަމަށާއި އަދި މޭގައި ރިއްސާ އާދަޔާ ހިލާފަށް މީހާ ބަރުވެ ބޮލުގައި ރިއްސާ ލޯ ދުޅަވުމާއި ނޭވާލާން އުނދަގޫވެ ހާސްވާކަން ފާހަގަ ކުރެވެއެވެ. އަދި އަޙްމަދު ސުޖާޢުގެ ބަލިޙާލަތު ހިއްސާ ކުރަމުން އޭނާގެ އަންހެނުން ބުނީ ބޮލުގައި ރިއްސާ މެއަށް އަނދަގޫވެ ނޭވާލާން އުނދަގޫކަމަށާއި، އަދި ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު އޭރު ވިދާޅުވެފައިވަނީ އެއީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ. އެހެން ނަމަވެސް މި ހަތަރު މަސްތެރޭގައި މާ ބޮޑަށް ސުޖާޢު ބަލިވުމުން ޑޮކްޓަރަށް ދެއްކުމުން ޓެސްޓުތައް ހެދިކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ޓެސްޓުތަކުން މިވަނީ ކިހިނެތްކަމެއް އެނގިފައި ނުވެއެވެ. އަދި އެދެވޭ ނަތީޖާއެއް ލިބިފައި ނުވެއެވެ. ކޮންމެ ފަހަރަކުވެސް ޑަކްޓަރަށް ދެއްކުމުން ޑޮކްޓަރު ދެއްވަނީ ޕެއިން ކިލާ އިންޖެކްޝަން ތަކާއި ބޭސްތައް ކަމަށް އޭނާ ބުންޏެވެ.

ފަހަކަށް އައިސް މާގަދައަށް ބޮލުގައި ރިއްސާތީ އައި.ޖީ.އެމް. އެޗް އިން ޓެސްޓުތައް ހަދާ އެމް. އާރް. އައި އަދި ސީ.ޓީ ސްކޭން ހެދިއެވެ. މައިބަދައިގައި ފެން އުފެދި ސިކުނޑީގައި ލޭގަނޑުވެފައި ހުރިކަންވެސް އެނގުނީ އޭގެ ފަހުން ކަމަށާއި އެހެން ނަމަވެސް އަތާއި ފައި އައްސިވެ ދުޅަވަނީ ކީއްވެ ކަމެއް އެނގިފައި ނުވެއެވެ.

“އަޙްމަދު ސުޖާއުގެ ބަނޑުގައި ރިއްސާ ނޭވާލާން އުނދަގޫވެ ހާސްވާތީ މާޗް މަހު އިންޑިޔާގެ އަމްރިތާ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކާ ޓެސްޓުތައް ހެދިއެވެ. ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެނި އުޅެނިކޮށް އާސަންދަ ހުސްވެގެން އެނބުރި ރާއްޖެއަށް އަންނަން ޖެހުނީ. މާލެ އައިސް ދެދުވަސް ނުވަނީސް އަނެއްކާ ނޭވާލާން އުނދަގޫވެ ހާސްވެ ބޮލުގައި ރިއްސާތީ، ދާންމިޖެހެނީ ހޮސްޕިޓަލަށް. ޑޮކްޓަރަށް ދެއްކީމާ ޑޮކްޓަރުން މިދެނީ އެންޓިބަޔޮޓިކް ފަދަ ބޭސްތައް. މިހާރަކަށް އައިސް އެންޓިބަޔޮޓިކް ބޭސްތަކުން ފިރިމީހާއަކަށް އަސަރެއް ނުކުރޭ. އަދި އަޅުގަނޑުގެ ފިރިމީހާ ސުޖާޢު ކޮންމެ ދުވަހަކު ނޭވާ ހާސްވެ ބޮލުގައި ރިއްސާ މެއަށްވެސް ވަރަށް އުނދަގޫވޭ.“ ސުޖާޢުގެ އަންހެނުން ވޮއިސް އެމް.ވީ ނޫހަށް ކިޔައިދެމުން ބުންޏެވެ.

ވޮއިސް އެމް.ވީއަށް މައުލޫމާތު ހިއްސާކުރަމުން ސުޖާޢުގެ އަންހެނުން ބުނީ ކޮންމެ ދުވަހަކުވެސް ބޮލުގައި ރިއްސާ ނޭވާހާސްވެ މެއަށް އުނދަގޫވާތީ ދިމުއުން އީ.ސީ.ޖީ ހަދާފައި އެއްވެސް މައްސަލައެއް ނެތްކަމަށް ބުނެ ގެއަށް ފޮނުވާލަނީ ކަމަށެވެ. މިހެން ކަންތައްތައް ކުރާތީވެ ސުޖާޢުގެ އަންހެނުން ނިންމީ ސުޖާއު އޭ.ޑީ.ކޭ. އަށް ގެންގޮސް ދެއްކުމަށެވެ. އަދި ސުޖާޢު އޭ.ޑީ.ކޭ ހޮސްޕިޓަލަށް ދައްކައި ޓެސްޓުތައް ހެދުމުން އެނގުނީ ސުޖާއުގެ ލިވަރގައި މައްސަލަ ހުރިކަމެވެ. އަދި ޑޮކްޓަރުން ލަފާދިނީ އިތުރު ޓެސްޓުތައް ހަދަންޖެހޭކަމަށާއި ނަމަވެސް އެޓެސްޓު ތަކަކީ ރާއްޖެއިން ނުހެއްދޭ ޓެސްޓުތްކެއް ކަމަށް. އަދި ސުޖާޢު އާދަޔާ ޚިލާފަށް ބަރުދަން އިތުރުވަމުން ދަނީ ކީއްވެގެން ކަންވެސް ދެނެގަންނަން ބޭނުންވާކަމަށް ޑަކްޓަރު ލަފާދީފައިވެއެވެ. “މިއިން އެއްވެސް ޓެސްޓުތަކެއް ރާއްޖެއިން ނުހެއްދޭ ކަމަށްބުނެ އަޅުގަނޑުގެ ފިރިމީހާގެ ބަރުދަށް ލުއިކުރުމަށް އިންޖެކްޝަންއާއި ބޭސް ވަނީ ދީފަ. މި އިންޖެކްޝަންއާއި ބޭހަކީވެސް ރާއްޖެއިން ލިބޭ އެއްޗެއް ނޫން. އަޅުގަނޑުގެ ފިރިމީހާގެ ޓެސްޓުތައް ހެއްދުމަށް ޑޮކްޓަރުންވަނީ ރާއްޖެއިން ބޭރަށް ދިއުމަށް ލަފާދީފަ. ސުޖާޢުގެ ލިވަރގެ ޓެސްޓުތަކާއި އަދި ސުޖާޢު އާދަޔާ ޚިލާފަށް ބަރުވަނީ ކީއްވެގެން ކަން ދެނެގަތުމަށް ޓެސްޓުތައް ހެއްދުމަށް ރާއްޖެއިން ބޭރަށް ދާން ޖެހޭކަމަށް ބުނެ ޑޮކްޓަރު ވަނީ އާސަންދަ ހަމަޖައްސާދީފަ. ނަމަވެސް އަޅުގަނޑުގެ ފިރިމީހާ ރާއްޖެއިން ބޭރަށް ގޮސް ބޭސްކުރުމަށް ވާނީ ކިހާ ދުވަހެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިހާރަކަށް އައިސް އަޅުގަނޑުގެ ފިރިމީހާއަކަށް ވަޒީފާއަކަށް ނުދެވެއެވެ. އަޅުގަނޑު ދިރިއުޅެމުން މިދަނީ އަޅުގަނޑުގެ އާއިލާގެ އެހީތެރިކަމާއެކުއެވެ. އަޅުގަނޑުގެ ފިރިމީހާއަށް ވަޒީފާއަށް ނުދެވި މިއޮންނަން ޖެހެނީ ބަލިއެނދުގައެވެ. މިބަލީގައި ގިނަ ދުވަސްތަކެއް ހޭދަކުރަން ޖެހިއްޖެނަމަ ފުރާނައަށް ގެއްލުންވުން އެކަށީގެންވާކަމަށް ޑަކްޓަރުން ވަނީ ބުނެފައެވެ. ސުޖާއުގެ ފުރާނަ ސަލާމަތްކުރުމަށް ރާއްޖެއިން ބޭރަށް ދާން މިވަނީ މަޖުބޫރުވެފައެވެ. ސުޖާއުގެ އަންހެނުން ޝަރުމީލާ ކިޔައިދިނެވެ.
އެހެންނަމަވެސް ރާއްޖެއިން ބޭރުގައި ތިބުމާއި ކެއިން ބުއިމުގެ ޚަރަދުތައް ހަމަޖެއްސުމަށް ސުޖާޢުގެ ޢާއިލާއިން ވަނީ ތިޔަ އެންމެހާ ބޭފުޅުންގެ ދީލަތި އެހީތެރިކަމަށް ބޭނުންވެފައެވެ. ބޭސްފަރުވާގެ ކަންކަން އާސަންދައިގެ ތެރެއިން ހަމަޖެހިފައި އޮތް ނަމަވެސް ރާއްޖެއިން ބޭރަށް ފުރެން އަންނަނީ އިތުރު އެހީތެރިކަން ލިބިގެންނެވެ. އެހެންކަމުން ސުޖާއުގެ އާއިލާއިން އެދެނީ ތިޔަ އެންމެހާ ބޭފުޅުންގެ ދީލަތި އެހީތެރިކަމެވެ.
އެގޮތުން ސުޖާޢުއަށް ފައިސާގެ އެހީތެރިކަން ވެދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުން އާއިލާއިން އެދެއެވެ. އިތުރު މައުލޫމާތު ހޯއްދެވުމަށް 9818778 އާއި7999203 ޝަރުމީލާއާއި ގުޅުއްވުން އެދެމެވެ.
ބީ.އެމް.އެލް. އެކައުންޓް ނަންބަރު 7704441020101 ޝަރުމީލާ އާދަމް
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް