ވޯކް ވިސާގެ ގަވާއިދަށް ގެނައި އިސްލާހު ބަދަލުކޮށްފި
ރާއްޖެއަށް މަސައްކަތްކުރުމަށް އަންނަ ބިދޭސީންގެ ވޯކް ވިސާ ގަވާއިދަށް ގެނައި އިސްލާހު ބަދަލުކޮށްފިއެވެ.
އެ އިސްލާހުގައި ކުރިން އޮތީ ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ގަވާއިދާއި އެއްގޮތަށް ބަދަލުކުރުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެކަމަށެވެ. ނަމަވެސް މި އުސޫލު މިއަދު ވަނީ އަނބުރާ ބަދަލުކޮށްފައެވެ.
މި ބަދަލު ގެނެސްފައިވަނީ އިމިގްރޭޝަންގެ މެންޑޭޓަށް ބަދަލު ގެނެސް، އިމިގްރޭޝަނުން ކުރަމުން ދިޔަ ބައެއް މަސައްކަތް އިކޮނޮމިކް މިނިސްޓްރީ އަށް ބަދަލުކުރުމާއި ގުޅިގެންނެވެ.
މި އިސްލާހު ބާތިލްކުރުމާ ގުޅިގެން، ގަވާއިދާ އެއްގޮތަށް ބިދޭސީން ބަދަލުކުރުމަށް 6،000ރ. ދައްކަންޖެހޭނެ ކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް