ފަލަސްތީނާއެކު ދިވެހީން އެއްވުން ނިންމާލައި ދުއާ ކުރަނީ: ފޮޓޯ/ ވޮއިސް
ފަލަސްތީނާއެކު ދިވެހީން އެއްވުން ނިންމާލައި ދުއާ ކުރަނީ: ފޮޓޯ/ ވޮއިސް
ދީން 09 Dec 2025 | 08:17

ޖަމާޢަތް ހަދައިގެން ދުޢާ ކުރުން ހުއްދަ؛ އެކަމަކު އާދައަކަށް ހަދައިގެން ނުވާނެ: ފަތުވާ މަޖިލިސް

ލިޔުންތެރިޔާ

ޚަދީޖާ އަރުފާ

މުސްލިމުންގެ އެއްވުންތައް ފަށާއިރުއާއި، ނިންމާއިރު، ޖަމާޢަތުގައި ދުޢާކުރުމަކީ، އޭގެ ޒާތުގައި މައްސަލައެއް ނޫންކަމަށާ އެހެންނަމަވެސް، ދީނީ ބައެއް ޢިލްމުވެރިން އެކަން އާދައަކަށް ނުހެދުން ޝަރުޠުކުރައްވާ ކަމަށް ފަތުވާ މަޖިލީހުން ނެރެފިއެވެ.

ޖަމާޢަތް ހަދައިގެން ދުޢާ ކުރުމުގެ ހުކުމާ ގުޅޭ ގޮތުން ނެރުނު ފަތުވާގަައި ބުނެފައިވާ ގޮތުން، ޖަމާޢަތުގައި ދުޢާކުރުން އާދައަކަށް ނުހެދުމަށް ޝަރުތު ކުރައްވާފައިވަނީ، ބައެއްފަހަރު ހަމައެކަނި ދުޢާކުރުމަށްޓަކައި ގަވާއިދުން މީސްތަކުން އެއްވެ، އެކަންކުރާތީއެވެ.

މީސްތަކުން ވަކި މަޤްޞަދެއްގައި އެއްވެއްޖެނަމަ، މިސާލަކަށް ދަރުހެއް ނުވަތަ މަސައްކަތުގެ ބައްދަލުވުމެއް، ނުވަތަ ޢާންމު، މުނާސަބަތެއްގައި ބައްދަލުވެ ދެން އެބައްދަލުވުން، ނިންމާލުމުގެ ގޮތުން، ހިދާޔަތަށް ނުވަތަ ބަރަކާތަށް އެދި ޖަމާޢަތުގައި، ދުޢާއެއްކުރި ނަމަވެސް، މިކަން، އާދައެއްގެ ގޮތުގައި، ނުހަދާހާ ހިނދަކު ނުވަތަ މިއީ ވަކި، ވަގުތެއް ނުވަތަ ވަކި ގޮތެއް ކަނޑައެޅިފައިވާ ޚާއްޞަ ޢިބާދާތެއްކަމަށް ޤަބޫލުނުކުރާހާ ހިނދަކު، މިކަން ބިދުއައެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށް ފަތުވާގައި ވެއެވެ. އަދި އެކަން ހިމެނެނީ ޝަރުޢުގައި ހުއްދަވެގެންވާ ދުޢާކުރުމުގެ ބާބުގެ ތެރެއިންކަން ފާހަގަކޮށް ހުއްދަވާކަން ހާމަވާ ހަދީޘްވެސް ހިމަނާފައިވެއެވެ.

ޚާލިދު ބުން އަބީ ޢިމްރާނުގެ އަރިހުން ރިވާވެފައިވެއެވެ. ހަމަކަށަވަރުން އިބްނު ޢުމަރު ވިދާޅުވިއެވެ.

"الله ރަސޫލާ ﷺ މަޖިލީހަކުން ތެދުވެވަޑައިގަންނަވާއިރު އެކަލޭގެފާނުގެ ޞަޙާބީންނަށްޓަކައި މި ދުޢާތައް ނުކުރައްވައި ވަޑައިގަންނަވާ ފަހަރެއް މަދުވާނެއެވެ. "އޭ اللهއެވެ! އަޅަމެންނާއި އިބަރަސްކަލާނގެއަށް އުރެދުމާ ދެމެދު ހުރަސްއަޅާނެ ބިރުވެތިކަމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި އިބަރަސްކަލާނގެ ސުވަރުގެއަށް އަޅަމެން ވާޞިލުކޮށްދޭނެ ކިޔަމަންތެރިކަމެއް (ދެއްވާނދޭވެ)! އަދި ދުނިޔޭގެ މުޞީބާތްތައް އަޅަމެންނަށް ލުއިކޮށްދޭނެ ޔަޤީންކަމެއް (ދެއްވާނދޭވެ)! އަދި އަޅަމެން ދިރި ތިބިހާ ހިނދަކު އަޅަމެންގެ އިވުމާއި ފެނުމުގެ ބާރުން އަޅަމެންނަށް މަންފާކުރުވާނދޭވެ! އަދި އެ (ނިޢުމަތްތައް) އަޅަމެންގެ ކިބައިން ވާރުތަވާ އެއްޗެއްކަމުގައި ލައްވާނދޭވެ! އަދި އަޅަމެންނަށް އަނިޔާވެރިވި މީހުންގެ މައްޗަށް އަޅަމެންގެ ކިބައިން ބަދަލުހިއްޕަވާނދޭވެ! އަދި އަޅަމެންނާ ޢަދާވާތްތެރިވި މީހުންގެ މައްޗަށް އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ! އަދި އަޅަމެންގެ ދީނުގައި އަޅަމެންނަށް މުޞީބާތެއް ނުލައްވާނދޭވެ! އަދި އަޅަމެންގެ މަޤުޞަދަކީ ހަމައެކަނި ދުނިޔެ ކަމުގައި ނުލައްވާނދޭވެ! އަދި އަޅަމެންގެ ވިސްނުމާއި ފިކުރަކީ ހަމައެކަނި ދުނިޔަވީ އެދުންތައް ކަމުގައި ނުލައްވާނދޭވެ! އަދި އަޅަމެންނަށް ރަޙުމްނުކުރާނެ މީހަކު އަޅަމެންގެ މައްޗަށް ވެރިނުކުރައްވާނދޭވެ!"

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް