ފޮނަދޫގައި ކުޑަކުދިން ކުޅޭ ތަނެއް ހެދުމަށް ގިނަ ރުއްތަކެއް ކަނޑާލައިފި
ލ.ފޮނަދޫގައި ކުޑަކުދިން ކުޅޭ ތަނެއް ހެދުމަށްޓަކައި ގިނަ އަދަދެއްގެ ރުއްތަކެއް ކަނޑާލައިފިއެވެ.
އެނގިފައިވާ ގޮތުގައި މިއީ އެރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ބޭނުންކުރުމަށް ހެދުމަށް ނިންމާފައިވާ ޕްލޭ ގްރައުންޑެކެވެ.
މިކަމާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ވޮއިސްގެ ފަރާތުން ފޮނަދޫ ކައުންސިލަށް ގުޅުމުން ބުނީ އެބިމަކީ އެޑިއުކޭޝަން މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއްކަމަށެވެ.
މި ބިމުގައިވާ ރުއްތައް ކެނޑި މައްސަލައިގައި ސުވާލުކުރުމަށް އެރަށު ސްކޫލުގެ ޕްރިންސިޕަލާއި އެޑިއުކޭޝަން މިނިސްޓްރީއަށް ގުޅުމުންވެސް ފޯނަށް ޖަވާބުދެއްވާފައެއް ނުވެއެވެ.
މި ރުއްބިމަކީ ފޮނަދޫގެ ރައްޔިތުންގެ މެދުގައި ރީތިކަަމަށް މަގުބޫލު ރުއްބިމެެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް