އިންޑިއާއިން ރަސްދޫގެ ގޮނޑުދޮށް ހިމާޔަތްކުރަން އެހީވާންނިންމައިފި
އއ.ރަސްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް އިންޑިޔާގެ ސަރުކާރުން ހިލޭ އެހީ ދިނުމަށް ނިންމައިފިއެވެ.
ފޮރިން މިނިސްޓްރީން މައުލޫމާތު ދޭގޮތުގައި މިއެހީ ހިމެނެނީ އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު)ގެ ހިލޭ އެހީގެ ތެރެއިންނެވެ.
މި އެހީގެ ދަށުން ރަސްދޫގައި ގިރަމުންދާ 179 މީޓަރުގެ ސަރަހައްދެއް ހިމާޔަތް ކުރެވޭނެއެވެ.
އެ ސަރަހައްދަކީ ކުރިން ބޭނުންކޮށްފައިވަނީ ކުނިގޮނޑެއްގެ ގޮތުގައި ކަމުން، ގޮނޑުދޮށް ގިރުމުގެ ސަބަބުން ކުނި މޫދަށް އެޅި، ފެން ތަޣައްޔަރުވަމުން ދެއެވެ.
މީގެ އިތުުރުން އުކުޅަހުގައި ބައިނަލްއަގްވާމީ ފެންވަރުގެ ކޮންވެންޝަން ސެންޓަރެއް އެޅުމަށް އެހީވުމަށްވެސް އިންޑިޔާއިން ވަނީ ނިންމާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް