ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު އިނގިރޭސިވިލާތަށް
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އިނގިރޭސިވިލާތަށް މިރޭގެ ވަގުތެއްގައި ފުރާވަޑައިގަންނަވައިފިއެވެ.
މިކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ޔަގީންކޮށްދެއްވާފައެވެ.
ރައީސް އޮފީހުން ބުނީ މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ޚަރަދާއި، ޢާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ޚަރަދެއްވެސް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް ކަމަށެވެ.
ރައީސްގެ ދެކަނބަލުންގެ މި ދަތުރުފުޅާ ގުޅޭ އިތުރު ވާހަކައެއް އެމަނިކުފާނުގެ އޮފީހަކުން ހާމައެއް ނުކުރައްވައެވެ.
މީގެ ކުރިން ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ވަނީ ސިންގަޕޫރަށްވެސް ވަޑައިގެންފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް