ކްރިމިނަލް ކޯޓުގައި ކަތުރުފަނީގެ އުނދަގޫ ބޮޑުވެ ޝަރީއަތްތައް ކެންސަލްކޮށްފި
ކްރިމިނަލް ކޯޓު ހިންގާ އިމާރާތުގައި ކަތުރުފަނީގެ މައްސަލަ ބޮޑުވެ، ޝަރީއަތްތައް ކެންސަލްކޮށްފިއެވެ.
މީޑިޔާތަކަށް މައުލޫމާތު ދެއްވަމުން ޑިޕާާރޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މީޑިޔާ އޮފިޝަލް ފައިސަލް އާދަމް ވިދާޅުވީ ކޯޓު ހިންގާ އިމާރާތުގައި ކަތުރުފަނި އަޅާފައިވާތީ ބޭސް ޖަހާފައިވާނެ ކަމަށެވެ. އެހެންކަމުން އެ ކޯޓުގައި މިއަދު އެއްވެސް ޝަރީއަތުގެ މަޖިލީހެއް ނޯންނާނެކަމަށް ފައިސަލް ވިދާޅުވިއެވެ.
ނަމަވެސް ކްރިމިނަލް ކޯޓުގެ ފަރާތުން ބަންދުގެ މުއްދަތު ޖަހަންޖެހޭ ފަރާތްތަކަށް މުއްދަތު ޖެހުން ޖަސްޓިސް ބިލްޑިންގގައި ކުރިއަށްދާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
މިއީ މިފަދަ މައްސަލައަކާއި ގުޅިގެން ފަޚުގެ ތާރީޚެއްގައި ޝަރީއަތްތައް ކެންސަލްކުރި ފުރަތަމަ ފަހަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް