ބީއެމްއެލްގެ ރޯދަ ޕްރޮމޯޝަން "ރަން ފުރުސަތު" ރެޑް ވޭވްއާއެކު ފަށައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ބީއެމްއެލް އިން ރެޑްވޭވްއާ އެކު، ކުރިއަށް އޮތް ރޯދަމަހަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލްއިން ބުނީ "ރަން ފުރުސަތު"ގެ ނަމުގައި ފެށި މި ޕްރޮމޯޝަނުގައި, ބީއެމްއެލްގެ ކާޑުތަކުން ރެޑްވޭވް ފިހާރަތަކުގައި ވިޔަފާރިކޮށްގެން ގިނަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށެވެ.
އަދި މި ޕްރޮމޯޝަނުގެ ދަށުން، މި މަހު ރެޑްވޭވްއިން ބީއެމްއެލްގެ ކާޑު ބޭނުންކޮށްގެން ވިޔަފާރި ކުރުމުން ކޮންމެ ހަފުތާއަކުވެސް ގުރުއަތުން ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ގިފްޓް ވައުޗާއެއް ހޯދުމުގެ ފުރުސަތު ލިބޭނެކަމަށެވެ.
ބީއެމްއެލްއިން އިތުރަށް ބުނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަތެއް އޭޕްރީލްގެ ނިޔަލަށް ރެޑްވޭވްއިން ވިޔަފާރި ކޮށްގެން، ކޮންމެ ދުވަހަކު 2،000 ރުފިޔާގެ ބީއެމްއެލް ގިފްޓް ކާޑެއް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެކަމަށެވެ.
އެ ބޭންކުން ބުނީ 300ރ. އަށް ވުރެ މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ވެސް އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް