ސިޓީ ކައުންސިލަށް ހުުޅުމާލެ ބެލެހެއްޓޭނެ: ނިޔާޒް
ހުޅުމާލެ ބެލެހެއްޓުމުގެ ކަންކަން މިހާރު ކުރަމުންދާ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، މާލެ ސިޓީ ކައުންސިލްގެ ދަށަށް ނުދާނެކަމަށް ހުޅުމާލެ ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
ނިޔާޒު މިހެން ވިދާޅުވީ ވޮއިސްއަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައެވެ.
އެބޭފުޅާ ވިދާޅުވީ އެމްޑީޕީގެ ވިސްނުމަކީ އެޗްޑީސީ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުނުކުރާނެކަމަށާއި، ސިޓީ ކައުންސިލްގެ ދަށަށް ދާނީ ހުޅުމާލޭގެ ބިމާއި މިލްކުވެރިކަން ކަމަށެވެ. އަދި އެކަން ގާނޫނުގެ ދަށުން ބަދަލުކުރާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.
"އެޗްޑީސީގެ މާނައަކީ ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން. ރާއްޖޭގެ ހައުސިންގް ނީޑްސްއަށް، ދެން މިހާރު ސޯޝަލް ހައުސިންއަށް އެހެން ކުންފުންޏެއް ހެދިޔަސް އެހެން ހައުސިންގް ނީޑްސް އެބަހުރި ދެއްތޯ. ލަގްޒަރީ އެޕާރޓްމެންޓް ކަހަލަ. އެކަހަލަ ކަންކަމަށް އެޗްޑީސީ އޮންނާނެ"، ނިޔާޒް ވިދާޅުވިއެވެ.
ނިޔާޒް ވިދާޅުވީ ސިޓީ ކައުންސިލުން ހުޅުމާލެ ބެލެހެއްޓޭނެ ކަމަށާާއި ބޭނުންވަނީ މެނޭޖްމަންޓް ސްޓާފުންނާއި ކަންކަން ޕްލޭންކުރުން ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް