މިފްކޯގެ އެމްޑީ، ސަމާހު މަޤާމުން ވަކިކޮށްފި
މިފްކޯގެ އެމްޑީ، ސަމާހު ރަޝީދު މަގާމުން ވަކިކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ)އިން މިރޭ ބުނެފައިވަނީ މިފްކޯ ގެ ސީއީއޯ މަޤާމުގައި ހުންނެވި އަލްފާޟިލް އަހުމަދު ސަމާހު ރަޝީދު އެމަޤާމުންނާއި މިފްކޯގެ ބޯޑުގެ ޑިރެކްޓަރު ކަމުން މިއަދުންފެށިގެން ވަކިކޮށްފައިވާ ކަމަށެވެ.
ސަމާހް މަގާމުން ވަކި ކުރި ސަބަބެއް ޕީސީބީން ހާމަކޮށްފައި ނުވިނަމަވެސް ސަމާހްއާއި ގުޅޭގޮތުން ކޯޕަރޭޓް ގަވަނެންސްއާ ގުޅުންހުރި މައްސަލަތަކެއް ޕީސީބީއަށް ހުށަހަޅާފައިވާތީ އެކަމުގެ ފުރިހަމަ އެންކުއަރީއެއް ކުރިޔަށްގެންދާކަން މީގެ ކުރިން ވަނީ ހާމަކޮށްފައެވެ.
އެގޮތުން އެމައްސަލައާއި ގުޅިގެން މީގެ ކުރިން ސަމާހް ސަސްޕެންޑުވެސް ކޮށްފައި ވާކަނަވެސް ފާހަގަކޮށްލެވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް