ފޭސްބުކުން ސޯލާ ޕަވަރގެ އެހީގައި އިންޓަރނެޓް ފޯރުކޮށްދެނީ
ސޯލާ ޕަވަރއިން ދުއްވާ ޑްރޯންއެއްގެ އެހީގައި އިންޓަރނެޓް ފޯރުކޮށްދިނުމުގެ މަސައްކަތް ފޭސްބުކްއިން ފަށައިފިއެވެ.
ބޭރުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މި ޑްރޯން އޮޕަރޭޓްކޮށް ޓެސްޓްކުރުމުގެ މަސައްކަތް އޮސްޓްރޭލިޔާގައި ވަނީ ފަށާފައެވެ. މިކަން އެކުންފުނިން ކުރަމުންދަނީ މަޝްހޫރު އެއަރބަސް ކުންފުންޏާއި ގުޅިގެންނެވެ.
ފޭސްބުކްއިން މި ޓެސްޓްކުރާ ޑްރޯންއަކީ 20 ކިލޯމީޓަރ އެލްޓިޓިއުޑްގައި ދަތުރުކޮށްގެން އިންޓަރނެޓްގެ ހިދުމަތް ފޯރުކޮށްދިނުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންއެއްކަމަށްވެއެވެ.
އެކުންފުނިން ވަނީ މީގެ އިތުރުންވެސް އިންޓަރނެޓް ހިލޭ ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއްކޮށްފައެވެ. އެގޮތުން ފޭސްބުކްގެ ފްރީ ބޭސިކްސްއަކީ ފާހަގަކޮށްލެވޭ އެއްޗެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް