ކޮރަޕްޝަންގެ މައްސަލައެއް ނޯންނާނެ ކަމުގެ ޔަޤީންކަން އެބަ އޮތް: އެމްޑީޕީ
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ގުޅޭ ގޮތުން ކޮރަޕްޝަނުގެ މައްސަލައެއް ނޯންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެޕާޓީން ބުނެފިއެވެ.
ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، އެމްޑީޕީގެ މަޖިލިސް އިންތިހާބާ ގުޅޭ ކޮރަޕްޝަންގެ އެއްވެސް ކަމެއްގެ ސާބިތު ހެކި ހުރި ނަމަ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައި އޮންނަ އުސޫލުގެ ދަށުން ކުރިއަށް ގެންދިއުމަށް އެ ޕާޓީން އެދޭ ކަމަށެވެ.
އެމްޑީޕީން މިގޮތަށް ގޮވާލާފައި މިވަނީ އެޕާޓީގެ ފަރާތުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވާ ބައެއް ކެންޑިޑޭޓުންގެ ކޮރަޕްޝަނުގެ މައްސަލަ ހުށަހަޅާފައިވާތީ އެކަމާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
މި ބައްދަލުވުމުގައި އަފްޝަން ވަނީ އެމްޑީޕީގެ ކެމްޕެއިން ހަފްލާތަކުގައި ރައީސް ސޯލިޙް ބައިވެރިވެވަޑައިގަންނަވާތީ އެކަމާއި ގުޅިގެން ކުރިމަތިވާ ފާޑުކިޔުންތަކަށް ވެސް ރައްދު ދެއްވާފައެވެ.
އަފްޝަން ވިދާޅުވި ގޮތުގައި ރައީސްގެ ދަތުރުފުޅުތަކުގެ ޚަރަދުތައް ބަލަހައްޓާނީ އެމްޑީޕީން ކަމަށާއި، އެމްޑީޕީގެ ކެމްޕެއިން ދަތުރުތަކުގައި ރައީސް ސޯލިހު ބައިވެރިވެ ވަޑައިގަންނަވަނީ އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށެވެ.
އެމްޑީޕީން މަޖިލީހުގެ 87 ދާއިރާގެ ތެރެއިން 86 ދާއިރާއަކަށް ވާދަކުރެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް