N/A
N/A
ހަބަރު 15 Dec 2019 | 03:27

50000 މީހުންގެ އާބާދީއަކަށް އެންމެ ކައުންސިލަރެއް!

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަކީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައި ޤާނޫނު ތަންފީޒްކުރެވިގެންދާނޭ އިންތިހާބެކެވެ. އެއްގޮތަށް ވުރެ ގިނަ ގޮތްގޮތުން މި ބަދަލުތައް ފާހަގަވެގެންދެއެވެ.

އެގޮތުން ލާމަރުކަޒީ ޤާނޫނުގައި އެންމެ ބޮޑު ބަދަލެއްގޮތުން އަންހެނުންނަށް ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ %33 ޙާއްސަކުރެވިގެން ދިޔަކަން ފާހަގަކޮށްލަންޖެހެއެވެ. މިއީ ރާއްޖޭގެ އާބާދީގެ %50 ހިއްސާކުރާ އަންހެނުން ބާރުވެރިކުރުވައި، އެކަނބަލުންގެ ބަސް ބުނުމުގެ ފުރުސަތު ފަހިކޮށްދިނުމުގެގޮތުން ސަރުކާރުން ފަހިކޮށްދިން ވަރަށް ފަހި އިސްލާހެކެވެ.

މީގެ އިތުރުން ކުރިން ކައުންސިލްތަކަށް ލިބިފައިނުވާ އެތައް ބާރެއް ކައުންސިލްތަކަށް ދިނުމާއި، މާލީ ބާރުވެރިކަން ކައުންސިލްތަކަށް ދިނުން މީ މި ޤާނޫނުން ފާހަގަކުރެވިގެންދާކަންކަމެވެ.

އަންނަ އަހަރު ކުރީ ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބަކީ ރައްޔިތުންނާއި ގާތުން، ރައްޔިތުންނަށް މުހިންމު ނިންމުން ނިންމުމަށް ހޮވިގެންދާނޭ ކައުންސިލްތަކެއްކަމުގައި ވެގެންދާނެއެވެ.

މިފަދަ ބޮޑެތި ޒިންމާތަކާއި އެކު ކައުންސިލަރުން ދާއިރާތަކަށް ކަނޑައެޅިގެން ދާއިރު، ރާއްޖޭގެ ވެރިކަން ކުރާ މާލެ ސިޓީގެ ދާއިރާތަކަކީ ރާއްޖޭގެ ނިސްބަތުން ވެސް މައްސަލަތަކާއި، ޕްލޭންކުރަން ޖެހިފައިވާ ސަރަހައްދެއްކަން ފާހަގަކޮށްލަންޖެހެއެވެ.

ދާއިރާތައް ބެހުމުގައި އިލެކްޝަން ކޮމިޝަނުން މިހާތަނަށް ބަލާ މިންގަޑަކީ އެދާއިރާއަކަށް ނިސްބަތްވެފައިވާ 18 އަހަރުން މަތީގެ 5000 މީހުނަށް ދާއިރާއެއް ގޮތުގައި ކަނޑައެޅުމެވެ. މިގޮތުން ދާއިރާތައް ކަނޑައަޅާއިރު ވަކި ސިޓީއެއްގެ ގޮތުގައި ތަރައްޤީކުރަމުން އަންނަ އަދި މިވަގުތު މާލެ ސިޓީގެ ދާއިރާއެއްގެ ގޮތުގައި އޮތް ހުޅުމާލެއަކީ އާބާދީގައި 50،000 މީހުން ދިރިއުޅެމުން ދާ ރަށެއްކަމުގައި އެޗްޑީސީން ހާމަކުރައްވައެވެ.

ދިރިއުޅެން ދޫކޮށްފައިވާ ގޯތީގެ އަދަދު 1000 މަތީގައި އުޅޭ އިރު، ފްލެޓް، ރޯހައުސްތަކުގެ ވެރިންގޮތުގައި އެތަކެއް ބައެއް ދިރިއުޅެމުން ގެންދެއެވެ. ހުޅުމާލެ ދާއިރާގެ ގޭބިސީ އަދަދައް ބަލާނަމަ މި އެތައް ގުނައަކަށް އަރައިގެންދާނެއެވެ. ހުޅުމާލެގެ އިމާރާތްކުރެވުނު އެތަކެއް ސޯޝަލް ހައުސިން ޔުނިޓެއްގައި ގިނަބަޔަކު އަންނަނީ ދިރިއުޅެމުންނެވެ. އަދި އެ ފްލެޓްތަކަކީ އެދާއިރާގައި ރެޖިސްޓްރީ ނުވި ނަމަވެސް އެދާއިރާގެ ދާއިމީ ރަށްވެހިންނެވެ.

ހިޔާ ފްލެޓާއިއެކު ދަފްތަރުގެ 1000 ފަރާތެއް ހުޅުމާލެ ދާއިރާއަށް އިތުރުވެގެންދާނެ.

ކުރިން ބުނެވި ދިޔައަދަދުތަކަށް ހުޅުމާލެ ފޭސް 2 ގައި އިމާރާތްކޮށް ނިމުމާއިގާތްވެފައިވާ 7،000 ހައުސިން ޔުނިޓާއިއެކު އިތުރު 80،000 މީހުންގެ އާބާދީއެއް މިދާއިރާއަށް އިތުރުވެގެންދާނެއެވެ.

ހިޔާ ފްލެތާއެކު ހުޅުމާލެއަށް 80،000 މީހުންގެ އާބާދީޢެއްް އިތުރުވެގެންދާނެ

އަންނަ އަހަރުގެ މެދު ތެރޭގައި މީހުން ދިރިއުޅެވޭނެކަމަށް ލަފާކޮށްފައިވާ ހިޔާ ފްލެޓަކީ 80،000 މީހުންގެ އާބާދީއެއް އަންނާނެތަނެކެވެ. މީގެ ތެރެއިންވެސް ރަށްވެހިކަމެއް ނެތި ދިރިއުޅެމުންއަންނަ ދަފްތަރުގެ 1008 ފަރާތެއް ހިމެނެއެވެ. މި ފަރާތަކަކީ ހިޔާ ކެޓަގަރީ އެޗް 9 ގެ 1008 ފްލެޓް ލިބޭނެކަން ކަށަވަރުވެފައިވާ ފަރާތްތަކެވެ. އެހެންކަމުން މިއީވެސް ހުޅުމާލެ ދާއިރާއަށް ޔަޤީނުންވެސް އިތުރުވާނޭ ފަރާތްތަކެއްކަމުގައި ބަލަންޖެހެއެވެ.

ހުޅުމާލެ ރަޖިސްޓްރީގައި މަދުބައެއް

ހުޅުމާލެގައި ރަށްވެހިންގެ އަދަދު މިހެން ހުރިކަމުގައި ވީނަމަވެސް މިދާއިރާގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދު އެތައްގުނައަކުން މަދުކަން ފާހަގަކޮށްލަންޖެހެއެވެ. ގެ އަދި ފްލެޓް މިލްކުވެފައިވާ ގިނަ ފަރާތަކެއް ހުޅުމާލެ ބަދަލުނުވެ ތިބި އިރު މީގެ ތެރޭގައި ދަފްތަރުގައި ހިމެނޭ ފަރާތްތައްވެސް ހިމެނޭކަން ފާހަގަކޮށްލަންޖެހެއެވެ.

އެހެންކަމުން އަންނަ އަހަރުގެ ހުޅުމާލެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރާ މެންބަރުގެ ޒިންމާ އެތައް ގުނައަކުން ބޮޑުވެގެންދާނެއެވެ. އިދާރީ ދާއިރާގައި ރަޖިސްޓްރީގައި 5000 މީހުން ތިބިކަމުގައި ވިޔަސް މިއީ 50،000 މީހުންގެ އާބާދީއަކަށް ހިދުމަތްކުރަން ޖެހޭނެ ކައުންސިލަރަކަށް ވެގެންދާނެއެވެ.

ހައްލަކީ ހުޅުމާލެ އަށް 2 ގޮނޑި

މިކަމުގެ ހައްލެއްގެގޮތުން ހުޅުމާލެ ދާއިރާއަށް 2 ކައުންސިލަރުން ހަމަޖެއްސުމަކީ މިހާރު ފާސްކުރެވި ތަންފީޒްކުރެވިފައިވާ ލާމަރުކަޒީ ޤާނޫނަށް އަމަލުކުރަން ބަލާއިރުވެސް މާބޮޑެތި މައްސަލަތަކެއް ދިމާވާނޭކަމެއްކަމުގައި ނުވާނެއެވެ.

33% އަންހެން ކައުންސިލަރުންނަށް ހެދުމުގައި ސިޓީކައުންސިލްތަކުނެ ޖެހެނީ ގުރުއަތަކަށް ދާށެވެ. އެހެންކަމުން ބައެއް ދާއިރާތަކަށް ފިރިހެން ކައުންސިލަރުން ކުރިމަތިލުމުގެ ދޮރު ބަންދުވެގެންދާނެއެވެ. މިއީ މިހާރުވެސް ޢާންމުނެގެ ތެރެއިން ބަހުސްކުރެވެމުންއަންނަ ހައްސާސީ މައްސަލައެކެވެ. އިލެކްޝަން ކޮމިޝަނުން މިކަމުގައި ސިޔާސީ ޕާޓީތަކާއި ކައުންސިލްތަކުގެ ހިޔާލު އަންނަނީ ހޯދަމުންނެވެ.

އިލެކްޝަން ކޮމިޝަނުން ދާއިރާތައް ބެހުމުގައި

މާލެ ސިޓީއަށް އަންނަ އަހަރުގެ ކައުންސިލް އިންތިހާބަށް ވަނީ19 ދާއިރާއެއް ކަނޑައަޅާފައެެވެ. އޭގެތެރެއިން 6 ދާއިރާއަކީ އަންހެނުންނަށް ހާއްސަކުރެވިފައިވާ ދާއިރާތަކެެއްކެވެ. އެހެންކަމުން ހުޅުމާލެއަށް ދެ ކައުންސިލަރުން ހަމަޖައި ހުޅުމާލެ ދާއިރާގެ އެއް ގޮނޑި އަންހެން ކަނަބަލަކަށް ހާއްސަކުރެވިދާނެއެވެ. މިއީ ހުޅުމާލެއަށް އިތުރުވާ ދަފްތަރުގެ 1000 ފަރާތައް ރިޔާއަތްކޮށްފައި ކުރަންވެސް އެދެވިގެންވާކަމެއްކަމުގައި ދެކެމެވެ.

ކޮންމެގޮތަކަށް މިކަން ކުރިކަމުގައި ވިޔަސް ކައުންސިލްތަކުގެ އިންތިހާބަށްފަހު ހުޅުމާލެ ދާއިރާގެ 7000 ފްލެޓްގެ އާބާދީއާއި މިހާރު ރެޖިސްޓަރ ނުވެ، ދިރިއުޅެމުން އަންނަ ހުޅުމާލެގެ ދާއިމީ ރަށްވެހިންގެ އާބާދީއަށް ރިޔާއަށްކުރުމަކީ މުހިންމު ކަމެކެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...