އީޒް މައި ޓްރިޕް ގެ ޕޯސްޓަރ އެއް
އީޒް މައި ޓްރިޕް ގެ ޕޯސްޓަރ އެއް
ރިޕޯޓް 27 May 2024 | 15:03

ރާއްޖެ ބޮއިކޮޓް ކުރި އިންޑިއާގެ އީޒްމައިޓްރިޕްއަށް 15 ކްރޯޑް ގެއްލުންވުމުން ސަސްޕެންޝަން އުވާލައިފި

ދިވެހިރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އިންޑިއާގެ ހުރިހައި މީޑިއާއެއް އެއްގަލަކަށްއަރައި ހިންގި ވަރުގަދަ ކެމްޕޭންތެރޭގައި އެންމެ ވަތަނީގޮތަކަށް ރާއްޖެ ބޮއިކޮޓްކުރި  ޓްރެވަލް އެޖެންސީއެއްކަމަށްވާ "އީޒްމައިޓްރިޕް" އިން އަޑެއްބަޑެއް ނީއްވައި ހަމަހިމެނޭނުން ތިބެ އަނެއްކާވެސް ރާއްޖެއަށް ބުކިން ހަދައިދޭން ފަށައިފިކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފިއެވެ.

ހިންދުސްތާން ޓައިމްސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހަފްތާގައި އީޒްމައިޓްރިޕް އިން ރާއްޖެއަށް ދަތުރުކުރަން ފްލައިޓާއި ހޮޓެލްސް ބުކް ކުރަން ހުޅުވާލާފައިވާ ކަމަށެވެ.

ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު އިންތިޚާބުވެވަޑައިގެން ރާއްޖޭގައި އެމްޑީޕީ ސަރުކާރުން ހުއްދަދީގެން އައިސް ތިބި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމަށް މަސައްކަތް ފެއްޓެވުމާއި އަދި އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅު އިންޑިއާގެ ބަދަލުގައި ތުރުކީއަށް ވަޑައިގެން އަދި ދެވަނަ ދަތުރުފުޅު ޗައިނާއަށް ޝެޑިއުލް ކުރެއްވުމާއެކު އިންޑިއާގެ ސޯޝަލް މީޑިއާގައި ދިވެހި ރާއްޖެ ބޮއިކޮޓް ކުރުމުގެ ވަރުގަދަ ކެމްޕެއިނެއް ފެށުނެވެ.

މިކެމްޕެއިން ފެށުނީ ރައީސް މުއިއްޒު ޗައިނާއަށް ފުރާވަޑައިގަތުމުގެ ދެތިން ދުވަސް ކުރިން ކުއްލިގޮތަކަށް އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ލަކްޝައްދީބުގެ ޖަޒީރާ ރަށްތަކަކަށް ޒިޔާރަތް ކުރައްވައި މޫނުމަތި އަޅުއްވައިގެން މޫދަށް އެރިވަޑައިގެންނާއި ގޮނޑުދޮށުގައި ހިންގަވައި އެރަށްތައް ޕްރޮމޯޓްކުރެއްވުމުގެ ވީޑިއޯއަކާއި ފޯޓޯތަކެއް ސޯޝަލް މީޑިއާއަށް ދޫކޮށްލެއްވުމާއެކުއެވެ. މިއާއެކު އިންޑިއާގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ދިވެހި ރާއްޖެ ބޮއިކޮޓް ކުރުމަށް ކެމްޕެއިން ފެށިއެވެ.

މިކެމްޕެއިން އިތުރަށް ހޫނުވީ ސަރުކާރަށް ނިސްބަތްވާ ރާއްޖޭގެ ސޯޝަލް މީޑިއާ އެކްޓިވިސްޓުން ތަކެއް ބޮޑުވަޒީރު މޯދީއަށް ނިސްބަތްކުރައްވައި ޕޯސްޓްތަކެއް ކުރެއްވުމުންނެވެ. އިންޑިއާގެ މީޑިއާއިން މިކަން ސިފަކުރީ މުޅިއިންޑިއާއަށް ދިން ހަމަލާއެއްގެ ގޮތުގައެވެ.

އެންމެ ވަރުގަދައަށް އަޑުއަރައިގެން ދިޔައީ ބޮޑުވަޒީރުގެ އިއްޒަތާއި ޝަރަފާއި ގައުމަށްޓަކައި އީޒްމައިޓްރިޕުން ރާއްޖެ ސަސްޕެންޓް ކުރުމުގެ ގޮތުން އެޓްރެވަލް އެޖެންސީގެ އެކްސެސް ކަނޑާލުމުންނެވެ.

އެއީ ނަމޫނާ ހިތްވަރުގަދަ އަދި ރާއްޖެއަށް ރަނގަޅު ފިލާވަޅެއް ދެވުނު ކަމެއްކަމަށް އިންޑިއާގެ މީޑިއާތަކުން ސިފަކޮށްހެދިއެވެ.

އެޓްރެވަލް އެޖެންސީން ރާއްޖެ ސަސްޕެންޑް ކުރިކަމަށް އިއުލާންކުރީ  ޖެނުއަރީ އަށްވަނަ ދުވަހުއެވެ. އެއަށްފަހު މިދިޔަ މުއްދަތުގެތެރޭގައި މިކުންފުންޏަށް 15 ކްރޯޑް ރުޕީސްގެ ބޮޑުގެއްލުމެއް ލިބިފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އީޒްމައިޓްރިޕުން ސަސްޕަންޝަން އުވާލިވާހަކަ ސޯޝަލް މީޑިއާގައި ދައްކަން ފެށުމުން އެކުންފުނިން ބުނެފައިވަނީ އަދި އުވާނުލާކަމަށެވެ.

ކުރިންވެސް މިކުންފުނިން އުޅުނީ ރާއްޖޭގެ ނަން ބޭނުންކޮށްގެން އަމިއްލައަށް މަޝްހޫރުވާން ކަމަށް ބައެއް ފަރާތްތަކުން އެދުވަސްވަރު ކިޔައި އުޅުނެވެ. އެކަމަކު މިކުންފުންޏާއިމެދު ހަމްދަރުދީވާ މީހުން މިހާރުބުނަނީ ތާއަބަދު ބޮއިކޮޓް އަޅުވައިގެން ތިބޭކަށްވެސް ނުޖެހޭ ކަމަށެވެ.

ކޮންމެއަކަސް އިންޑިއާގެ މީޑިއާތަކުން ދިވެހިރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް ހިންގި ވަރުގަދަ ކެމްޕެއިނަށްފަހު ކުރިން އެއްވަނާގައި އޮތުމަށްފަހު އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިން ދަށްވަމުންގޮސް އަށްވަނަ އަށް ވެއްޓިފައި ވެއެވެ.

އެކަމަކު އިންޑިއާގެ ބައެއް ފަރާތްތަކުން ހީކުރިގޮތަށް ރާއްޖޭގެ ފަތުރުވެރިކަން ކުޑަކަކޫމައްޗަށް ތިރިކޮށެއް ނުލެވުނެވެ. ސަބަބަކީ ފެށުނީއްސުރެވެސް ރާއްޖޭގެ ޓޫރިޒަމް ޑިޒައިންކުރެވި ޕްރޮމޯޓްކުރެވިފައި އޮތީ ޔޫރަޕްގެ މުއްސަނދި ފަތުރުވެރިންނަށްކަމަށްވުމާއެކު އެފަތުރުވެރިން އަންނަ އައުމަކަށް ބަދަލެއް ނާންނަ ކަމެވެ. ޗައިނާއާއި އިންޑިއާ މާކެޓަކީ މާފަހުން ޕްރޮމޯޓްވަމުން އަންނަ ދެމާކެޓެވެ.

ދިވެހިރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރުމަށް އިންޑިއާގައި ހިންގި ކެމްޕެއިން މިހާރުވަނީ ހިނދިފައެވެ. އެމްޑީޕީގެ ވެރިކަން ނިމި އެރި ލޮޅުންގަނޑަށްފަހު ދެގައުމުގެ ގުޅުން އަލުން ރަނގަޅުވާންވެސް ވަނީ ފަށާފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 Oct 2026 ދުނިޔެ

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ތުޝާރު ގާންދީ، މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައި ސީޖޭޕީގެ  މުޒާހަރާއަށް ދިޔަމަގުމަތީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެ...

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
10 Oct 2026 ދުނިޔެ

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މުޒާހަރާގައި ބައިވެރިވުމަށް ދަތުރުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ލީޑަރު، އަބީޖީތު ދިޕްކޭ އާއި އެ ޕާޓީ...

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
08 Oct 2026 ދުނިޔެ

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު، އެފްރިކާ ބައްރުގެ ތިން ގައުމު ކަމަށްވާ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާއަށް ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. އިންޑިއާގެ...