އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބޭންކްގެ މުވައްޒަފުންތަކެއްގެ އިހުމާލުއޮތްކަމަށް ބުނެފި
މިހާތަަނަށް ދިވެހިރާއްޖޭގައި ހިނގައިދިޔަ އެންމެ ބޮޑު ޚިޔާނާތްކަމުގައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންގެ އިހުމާލުުވުން އޮތްކަމަށް ބުނެފިއެވެ.
މިކަން ހާާމަކޮށްފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލައާއި ގުޅިގެން ފުލުހުންނާއި އޭސީސީއާއި އެސެޓް ރިކަވަރީ ކޮމިޝަނުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެސެޓް ރިކަަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދު ވިދާޅުވީ މި ޚިޔާާނާތުގައި ބީއެމްއެލްގެ މުވައްޒަފުންތަކެއްގެ އިހުމާލު އޮތްކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް އެ އިހުމާލުވިކަމުގެ ތުހުމަތު އޮތީ ކިހާާ މިންވަރަކަށްތޯ އަދި ދަންނަވަން ދަތިކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
އައްސަދު ވިދާޅުވީ މިފަދަ މައްސަލައަކާއި ގުޅިގެން ބީއެމްއެލްގެ މުވައްޒަފަކަށް ފިޔަވަޅު އެޅުމަށް އެމްއެމްއޭއަށް ގޮސްފިނަމަ، އޭގެ ސަބަބުން ބޭންކަށާއި މުޅި އިގްތިސާދަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެކަމަށެވެ. އެހެންކަމުން މިކަމުގައި އެންމެ ރަނގަޅު ގޮތަކީ ބީއެމްއެލްގެ އިންޓާާނަލް އޮޑިޓެއްކުރުންކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
އެގޮތުން މައްސަލަ ހުށައަަަަޅައި، ބޭންކްގެ މައްޗަށް ފިޔަވަޅު އަޅައިިފިނަމަ ބީއެމްއެލްއާއި ގުޅިފައިވާ ބޭރުގެ ބޭންކްތަކާއި އެކު އޮތް ގުޅުމަށް ބުރޫއެރުމަކީ އެކަށީގެންވާކަމެއްކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން އޮތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުުވުމެއްގައި އޭސީސީގެ އޭރުގެ ރައީސް މުއައްވިޒް ރަޝީދު ވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ބީއެމްއެލްގެ 38މުވައްޒަފެއްގެ ބައިވެރިވުން އޮތްކަމަށް ތުހުމަތުކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް