އިންފުލުއެންޒާ ޖެހިގެން މީހަކު މަރުވި ކަމަށް ބުނާ ވާހަކަ އައިޖީއެމްއެޗުން ދޮގުކޮށްފި
އިންފުލުއެންޒާ ޖެހިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދިޔަ މީހަކު މަރުވި ކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާތީ، އެކަން އެހޮސްޕިޓަލުން ދޮގުކޮށްފިއެވެ.
ބައެއް މީޑިއާތަކުގައި މިއަދު ބުނެފައިވަނީ، އިންފްލުއެންޒާ ޖެހިގެން މަރުވެފައި ވަނީ މ. މުލި، މަރިޔާޒް، މުހައްމަދު ރަފީއު 51، އެވެ. އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލު ''ވޮއިސް'' އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ، ރޭގެ ވަގުތެއްގައި މަރުވި މީހަކީ އެހެން ބައްޔަކަށް ފަރުވާ ހޯދި މީހެއް ކަމަށެވެ.
އިންފުލުއެންޒާއަށް އޭނާއަށް އެއްވެސް ފަރުވާއެއް ދީފައި ނުވާކަމަށް އޮފިޝަލު ވިދާޅުވިއެވެ.
ނަމަވެސް އޭނާ ވިދާޅުވީ، މިހާރަކަށް އައިސް އެހޮސްޕިޓަލުން އިންފުލުއެންޒާއަށް ފަރުވާ ހޯދާ މިންވަރު ކުރިއަށްވުރެ އިތުރު ކަމަށެވެ.
އެޗްޕީއޭއިން ވަނީ ޗުއްޓީ ދުވަސްވަރާ ދިމާކޮށް ހުމާއި ރޯގާ، އަދި އިންފުލުއެންޒާ އިތުރުވާނެ ކަމަށް ބެލެވޭތީ އެކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް