އެމްބައްޕޭގެ ވިހިވަނަ ލަނޑާއެކު ޕީއެސްޖީ މޮޅުވެއްޖެ
ފްރާންސް ލީގުގައި ޕީއެސްޖީ އަދި މޮންޓެޕްލިއޭ ވާދަކުރި މެޗް 5-1 ގެ ބޮޑު ތަފާތުން ޕީއެސްޖީ ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ލަނޑު ޖަހާ ޕީއެސްޖީއަށް ކުރި ހޯދަދިނީ ފުލް ބެކް ކުރްޒުވާއެވެ. ނަމަވެސް މޮންޓެޕްލިއޭވަނީ ލިބުނު ހިލޭ ޖެހުމަކުން ލަނޑެއް ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ.
ފުރަތަމަ ހާފުގެ ކުޅުން ނިމުމަކައި ކައިރިވެފައިވަނިކޮށް ޕީއެސްޖީ އަނެއްކާވެސް މެޗުގެ ކުރި ހޯދީ ޑިމާރިއާ ވަރަށް ރީއްޗަށް ގޯލަށް ވައްދާލި ހިލޭ ޖެހުމަކުންނެވެ.
73 ވަނަ މިނެޓުގައި މޮންޓެޕްލިއޭގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވައިން ގޯލަކާއެކު ޕީއެސްޖީގެ ލީޑް ފުޅާވެގެންދިޔައިރު އޭގެ މިނެޓެއް ފަހުން އެމްބައްޕޭވަނީ ގޯލެއް ޖަހައި އޭނާގެ ޓީމް މެޗުގައި ޖެހި ލަނޑުގެ އަދަދު ފަހަކަށް ހަދާފައެވެ. އެމްބައްޕޭގެ މި ގޯލަކީ މި ސީޒަނުގެ ފްރާންސް ލީގުގައި އޭނާ ކާމިޔާބުކުރި 20 ވަނަ ގޯލެވެ.
19 ލީގު މެޗުން އެމްބައްޕޭ 20 ގޯލް ކާމިޔާބުކޮށްފައިވާއިރު މިއީ މި ސީޒަނުގައި ކުޅުނު ހުރިހާ މުބާރާތެއްގައި އޭނާ ކާމިޔާބުކުރި 25 ވަނަ ގޯލުކަން ފާހަގަކޮށްލަންޖެހެއެވެ.
ޕީއެސްޖީ ހޯދި މި މޮޅާއެކު އެޓީމްވަނީ ތާވަލުގެ އެއްވަނައިގަ އޮތް ލީޑް 15 ޕޮއިންޓަށް ފުޅާ ކޮށްފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް