ސިފައިންގެ މަރުކަޒުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ، މައްސަލަ ބަލަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ބަންޑާރަ ކޮށީގައި މިރޭ މީހަކު މަރުވެފައި އޮއްވާ ފެނިގެން އެ މައްސަލައެއް ދިވެހި ފުލުހުންގެ ހިދުމަތަށް ހުށަހަޅާފައިވާތީ އެކަން ތަހުގީގު ކުރަމުން ގެންދާ ކަމަށް ބުނެފި އެވެ.
މީޑިއާތަަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ވަނީ އެކަން ޔަގީންކޮށް ދީފަ އެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮއްވާ ފެނިފައި ވަނީ އުމުރުން 35 އަހަރުގެ ދިވެހި ފިރިހެނެކެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ ސިފައިންގެ މަރުކަޒުގެ ފާހާނާތެރޭގައި ކަމަށް ވެ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް