މި ސަރުކާރު ހިނގާލެއް ލަހެއްނޫން: ޢަބްދުލްޣަފޫރު
ކަންކަން މި ސަރުކާރުން ހިނގާލެއް ލަހެއްނޫންކަމަށް މެންބަރ ޢަބްދުލްޣަފޫރު ވިދާޅުވެއްޖެއެވެ.
މިއަދު ކުރިއަށް ދިޔަ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޣަފޫރު ވިދާޅުވެފައިވާގޮތުގައި މި ސަރުކާރުން ތަރައްޤީގެ މަސްރޫއުތައް ކުރިއަށް ގެންދާނެކަމަށާއި އެކަންކަން ކުރިއަށް މިހާރުވެސް ދާކަމަށް ވިދާޅުވެފައެވެ.
"ރައްޔިތުންނަށް ހުރިހާކަމެއް ސާފުވޭ. ބަޖެޓުގަ ހުރި ހުރިހާކަމެއް މިއަހަރު ތެރޭ ކުރެވިގެންދާނެ" ޣަފޫރު ވިދާޅުވިއެވެ.
ދައުލަތުގެ ބަޖެޓު ހުސްނުވާކަމަށާއި، މަޖިލީހުގައި އިދިކޮޅު މެންބަރުން ރައްޔިތުންނަށް އޮޅުވާލަމުން އަންނަނީ ބަނީ އިސްރާއީލް ބާގައިގެ މީހުންފަދައިން ދޮގު ހަދަމުންކަމަށް ޣަފޫރު ވިދާޅުވެފައިވެއެވެ.
ރައްޔިތުން ތިބީ މި ސަރުކާރާއެކު ކަން ފާހަގަކުރައްވައި މި ޤައުމަށް ދެމެހެއްޓެނިވި ތަރައްޤީ ގެންނަވާނީ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
"އަޅުގަނޑުމެންގެ ދާއިރާތަކުގައި މިހިރަ މަސައްކަތްތަކަކީ ކުރެވިގެންދާނެ މަސައްކަތްތައް" ޣަފޫރު ވިދާޅުވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް