ހުޅުމާލޭގައި، ވެރިއަކު ނެތި ދޫކޮށްލާފައި ހުރި ދަބަސްތަކަކުން 36 ބަނގުރާފުޅި ހޯދައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ހުޅުމާލެ ފޭސް 1 އިން ބަނގުރާފުޅިތަކެއް ފުލުހުންގެ ބެލުމުގެދަށަށް ގެެނެސްފިއެވެ.
ފުލުހުން ބުނީ، މިތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ޖުލައި މަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ގައި ފުލުހުން ޕެޓްރޯލުކުރަމުން ދިޔައިރު ފެނުނު ދަބަސްތަކެއް ބަލައިފާސްކުރުމަށްފަހުގައި ކަމަށެވެ.
އެގޮތުން، ރަށު މާރުކޭޓާދިމާ ތޮށިގަނޑުމަތީގައި ހުރި އެ ދަބަސްތަކުގެ ވެރިއަކު ނުވުމުން ދަބަސްތައް ބަލައިފާސްކުރިއިރު 36 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާ، މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް