ބަސް އެކްސިޑެންޓްގައި ހިމެނޭ ޑްރައިވަރު ދޫކޮށްލައިފި
މިމަހުގެ 12ވަނަ ދުވަހު ސިނަމާލެ ބްރިޖްގެ ހައިވޭގައި ކުޑަކުއްޖަކު މަރުވި އެކްސިޑެންޓްގައި ހިމެނޭ ބަސް ޑްރައިވަރު ދޫކޮށްލައިފިއެވެ.
އޭނާ ބަންދުން ދޫކޮށްލި ނަމަވެސް، އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މިމަހުގެ 12ވަނަ ދުވަހުގެ ރޭ ހިނގި މި ހާދިސާގައި 13އަހަރުގެ ފާތިމަތު އަންޖުން ޝަފީގު ވަނީ ނިޔާވެފައެވެ. މި އެކްސިޑެންޓް ދިމާާވާން މެދުވެރިވީ އަންޖުމްއާއި އޭނާގެ މަންމަ ދުއްވާފައި ދިޔަ ސައިކަލުގައި ފަހަތުން އައި އެމްޓީސީސީގެ ބަހެއް ޖެހިގެންނެވެ.
މި ހާދިސާއާއި ގުޅިގެން އެމްޓީސީސީން ވަނީ އެ ބަސް ސައިކަލުގައި ޖެހުނުކަން ބަހުގައި އިން އެއްވެސް ފަރާތަކަށް އެނގިފައި ނުވާކަމަށާއި، ބަހުގެ ބޭރުންވެސް އެއްވެސް ގެއްލުމެއް ފެންނަން ނެތްކަމަށެވެ.
މިއީ މި އަހަރުގެ ތެރޭގައި އެމްޓީސީސީގެ ބަހެއްގެ ސަބަބުން ހިނގައިދިޔަ ދެވަނަ މަރެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް