އީސީގެ މެންބަރކަމަށް އަނެއްކާވެސް ހަބީބު
ދައުރު ހަމަވާން ކައިރިވެފައިވާ އީސީގެ މެންބަރކަމުގެ މަގާމު، މިހާރުވެސް އެ މަގާމުގައި ހުންނެވި، އިސްމާއިލް ހަބީބަށް ޔަގީންވެއްޖެއެވެ.
ހަބީބަށް މި މަގާމު ޔަގީންވީ އެންމެ މަތިން މާކްސް ލިބިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނަން ފާސްކުރުމާއި ގުޅިގެންނެވެ.
ހަބީބަށް 90.28 މާކްސް ލިބިފައިވާއިރު، ދެން އެންމެ މަތިން މާކްސް ލިބިފައިވަނީ އަހުމަދު މޫސާ ހ. އަމްސާވިލާ، މާލެ އަށެެވެ. އޭނާއަށް 75.57 މާކްސް ލިބިފައި ވެއެވެ.
ކޮމެޓީން ދިރާސާ ކުރާއިރު، ކޮމެޓީން ފާސްވާ ކަމަށް ނިންމަނީ 75 މާކްސްއިން މަތީ މާކްސް ލިބޭ ފަރާތްތަކުގެ ނަންތަކެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އީސީގެ މެމްބަރުކަމުގެ މަގާމަށް މީހަކު އައްޔަން ކުރަން ވޯޓުނެގުމަށް އެޖެންޑާކޮށްފައިވެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް