އިނގިރޭސި ޕާލިމެންޓުން ބޮޑުވަޒީރު މޭއަށް ބޮޑުތަނުން ނޫނެކޭ ބުނެފި
ޔޫރަޕްގެ އިއްތިހާދުން އިނގިރޭސިވިލާތް ވަކިވުމާއި މެދު ބޮޑުވަޒީރު ތެރީސާ މޭ ހުށައެޅުއްވި އެގްރީމަންޓްއަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުން ބޮޑުތަނުން ނޫނެކޭ ބުނެފިއެވެ.
ރޭ އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގުނު މި ވޯޓްގައި އެގްރީމެންޓްއާއި ދެކޮޅަށް މަޖިލީހުގެ 432 މެމްބަރުންގެ ތެރެއިން 230 މެންބަރުން ވޯޓު ދީފައިވާއިރު މިބިލަށް ތާއީދުކޮށް 202 މެންބަރަކުވަނީ ވޯޓު ދީފައެވެ. މި ބިލާއި ދެކޮޅަށް ސަރުކާރު ހިންގާ ކޮންޒަވޭޓިވް ޕާޓީގެ 118 މެންބަރަކުވެސް ވަނީ ވޯޓު ދީފައެވެ.
މިއީ ފަހުގެ ތާރީޚެއްގައި އިނގިރޭސި ސަރުކާރު ވޯޓެއްގައި އެންމެ ބޮޑުކޮށް ބަލިވި ފަހަރެެވެ.
މި އެއްބަސްވުން ފެއިލްވުމުން ބްރެކްސިޓްގެ މުސްތަގްބަލާއި މެދު ބޮޑު ސުވާލުތަކެއް ވަނީ އުފެދިފައެވެ.
މި ވޯޓުން ސަރުކާރު ފެއިލްވުމާއ އެކު އެގައުމުގެ އިދިކޮޅު ލޭބަރ ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވަނީ ބޮޑުވަޒީރު މޭ ގެ އިތުބާރު ނެތްކަމުގެ ވޯޓުލުމަށް ހުށަހަޅައިފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް