ޕިކަޕެއް ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފަށް އުޅުނު މީހަކު ހޯދަނީ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލޭ މަގުމަތީގައި ޕިކަޕެއް ތެރޭގައި އާންމު އިޖުތިމާއީ މިންގަނޑާއި ހިލާފުވި މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
އިއްޔެ މީހަކު މީސްމީޑިއާގައި އާއްމު ކުރި ވީޑިއޯއެއްގައި މަގުމަތީ ދުއްވަމުންދިޔަ ޕިކަޕެއްގައި ހުރި ފިރިހެނަކު އާއްމު އިޖުތިމާޢީ މިންގަނޑާ ޚިލާފަށް ޢަމަލު ކުރަމުން ދިޔުމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އަންނަނީ އަމާޒުވަމުންނެވެ.
އެކަމާއި ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، މާލޭ މަގުމަތީގައި ޕިކަޕެއްގެ ތެރޭގައި ފިރިހެނަކު އާންމު އިޖުތިމާއީ މިންގަނޑާ ހިލާފު ވައްތަރުތަކެއް ޖެއްސި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އަދި އެ މީހާ ދެނެގަތުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެހެން ކަމުން އެ މީހާއާއި ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ހެންވޭރު ފުލުހުންގެ އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން އިލްތިމާސް ކުރައްވާފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް