2013 ވަނަ އަހަރުގެ ތެރޭގައި އެމްޑީޕީއާއި ގުޅެން އުޅުނިން: މަޚުލޫފް
2013ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައިވެސް، އެމްޑީޕީއާއި ގުޅެން މަސައްކަތްކުރެއްވިކަމަށް މިސަރުކާރުގެ ޔޫތް މިނިސްޓަރ އަހުމަދު މަޚުލޫފް ހާމަކުރައްވައިފިއެވެ.
މަޚުލޫފް މިހެން ވިދާޅުވީ އޮންލައިން ނޫހެއްކަމުގައިވާ އަވަސްެގެ ހުކުރު ދުވަހުގެ ސްޕެޝަލް، އަވަަސް ހުކުރުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މަޚުލޫފް ވިދާޅުވީ ޕީޕީއެމްގެ ރިޔާސީ ކެމްޕެއިން ވަކި ހިސާބަކުން ކުރީގެ ފަސްޓްލޭޑީ ފާތިމަތު އިބްރާހިމް ކޮންޓްރޯލްކުރައްވަން ފެއްޓެވުމުން ޕީޕީއެމްގެ ތެރޭގައި ވަރަށް ބޮޑެތި މައްސަލަތަކެއް އުފެދުނުކަމަށެވެ. އެކަންކަމުގެ ސަބަބުން އޭރުވެސް އެމްޑީޕީއަށް ވަނުމަށް މަސައްކަތް ކުރެއްވިކަމަށް މަޚުލޫފް ވަނީ ވިދާޅުވެފައެވެ.
އެ މައްސަލަތަކާއި ގުޅިގެން ރައީސް ނަޝީދުގެ ސެކެޓަރީއަށް ގުޅާ ވަގުތުން ބައްދަލު ކޮށްފައި އެމްޑީޕީއާ ގުޅެން މަޚުލޫފް ބޭނުންފުޅުވިކަމަށް އެބޭފުޅާ ވަނީ ވިދާޅުވެފައެވެ.
"އެވަރަށް ނިންމާފައި ވަނިކޮށް ގޭގެ ތެރެއަށް ކައުންސިލާއި މަޖިލިސް މެންބަރުން ވަދެ 'ހައިޖެކް' ކުރި. އަޅުގަނޑު ޓްވީޓު ވެސް ކުރިން ހައިޖެކްކުރޭ... އެއީ ތެދެއް ހަމަ، މަސީހުމެން ރޮނީ އަޅުގަނޑު ދާ ވާހަކަ ބުނީމަ، އުމަރު ޒާހިރު އޮންނެވީ އެނދުމަތީ، ބުނީ މިރޭ ތިމަންނަ ނިިދާނީ ވެސް މަހުލޫފް އާއި ނަޒޫއާ ދޭތެރޭގަ އޭ، އެ ހިސާބުން މައްސަލަ ޖެހިގެން އަޅުގަނޑު ދުރުވި،" މަޚުލޫފް ބަޔާންކުރެއްވިއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް