N/A
N/A
ހަބަރު 24 Feb 2019 | 13:17

ބޮޑު ޚިޔާނާތް ފުޅާވެފައިވަނީ ހާދަ ބޮޑަކަށެވެ!

އެމްއެމްޕީއާރްސީގައި ހިނގާދިޔަ ޚިޔާނަތުގެ ކަންކަން ނިއުޅެމުން އެގެމުންމިދަނީ ކުރިން މީހުން އުއްމީދުކުރި ކަހަލަގޮތަކަށް ނޫނެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ އަބްދުﷲ ޔާމީންގެ ސަރުކާރުގައި އުޅުނު ބައެއް މީހުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އެމްޑީޕީގެ ވަރަށް އިސް ސަފުގައި ހަރަކާތްތެރިވެފައިވާ ފަރާތްތަކާއި އަދި ޖުމްހޫރީ ޕާޓީއާއި އަދި މަޝްހޫރު ވިޔަފާރިވެރިންނާ ހަމައަށް ގޮސްފައިވާކަން އޭސީސީގެ ރިޕޯޓުން އެގުމުން މިހާރު އެންމެ ބޮޑު ބަހުސަކަށްވެފައިވަނީ އޭސީސީގެ ރިޕޯޓް ތިން އަހަރުވަދެން ބާއްވަންވީ ކީއްވެގެންހެއްޔެވެ. ކޮންމެހެން މިހާރު ނެރެންވީ ކީއްވެގެންހެއްޔެވެ. މިސުވާލު އުފައްދަނީ ރިޕޯޓު ނެރުމުން އޭގައި ހުރި ކަންކަން ފެނި ހިތްހަމަނުޖެހުނު ބައެއް ފަރާތްތަކުންނެވެ.

ދައުލަތަސް ފައިސާގެ ދަތިކަން ދިމާވުމުން އަބަދުވެސް ޗަންޕާ މުހައްމަދު މޫސާގެ ފައިސާފޮށިން ބޮޑު އިންޓަރެސްޓަކާއެކު ސަރުކާރުން ފަހުންދޭގޮތަށް ލާރިނަގާކަން އެއީ އެންމެންނަށްވެސް އެގޭކަމެކެވެ. އެއީ އިއްޔެއަކު މިއަދަކު ހިގާކަމެއް ނޫނެވެ. ބައެއް ވަގުތުވަގުތުގައި ސަރުކާރަށްވުރެ ޗަންޕާ އާއިލާގެ ތަނަވަސްކަން ބޮޑެވެ. އެފައިސާއިން މިހާރު އެހެރީ ބޭންކެއް ހަދާފައެވެ. އެމްއެމްޕީއާރްސީން ޚިޔާނާތްތެރިވި ފައިސާ ގެންގުޅުނު އެސްއޯއެފުން ޗަންޕާ އާއިލާގެ ބައެއް ބޭފުޅުންގެ މަސްލަހަތު ހިމެނޭ ކުންފުނިތަކާއި މުއާމަލާތްކޮށްފައިވާކަމަށް އޭސީސީގެ ރިޕޯޓުން އެގެއެވެ. އޭސީސީގެ ރިޕޯޓްގައި ޗަންޕާ ގްރޫޕަށް ނުގަވާއިދުން ރިސޯޓްހެދުމަށް ރައްތައް ކުއްޔަށްދޫކޮށްފައިވާކަން އެގެއެވެ. އެއްރަށަކީ ޅ މާބިން ހުރާއެވެ. އެރަށް ކުއްޔަށްދިނުމަށް ވަގުލިއުންތަކެއްގައި ކުރީގެ ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ މެނޭޖިންޑިރެކްޓަރ އަބްދުﷲ ޒިޔާތު ސޮއިކޮށް ރަށް ކުއްޔަށްދިނުމަށްފަހު ލިބިފައިވާ 5 މިލިޔަންޑޮލަރަށް ޚިޔާނާތްތެރިވެފައިވާކަން އެގެއެވެ.

ދެން އޮތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ޕާޓްނަރެއްގެގޮތުގައި ދުވަސްކޮޅަކު އޮތުމަށްފަހު ވަކިވެގެންދިޔަ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމްގެ މަސްލަހަތު ހިމެނޭ ވިލާޓްރެވަލްސްގެ އެކައުންޓަށް އެސްއޯއެފުން ޑޮލަރު ޖަމާކޮށްފައިވެއެވެ. އެކަންހިގާފައިވާގޮތް ގާސިމް އިބްރާހިމް ސާފުކޮށްދެއްވިއެވެ. އެސްއޯއެފްގެ މުއްސަނދިކަން އޮތީ ޚިޔާނަތުގެ ހަރާމް ފައިސާގެ މައްޗަށްކަމުގައިވީނަމަވެސް ވިލާގެ މުއާމަލާތަކީ ސައްހަ ގޮތުގައި އެފްއޯއެސްއިން ޑޮލަރުގަތުމަށް ހިންގާފައިވާ މުއާމަލާތެއްކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.

ޗައންޕާއާއި ގާސިމް އިބްރާހިމްގެ ވާހަކަ މިގެނައީކީ ކޮންމެހެން ނުގަވާއިދުން ކަންކޮށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގައި ބައިވެރިވާކަން ދެއްކުމުގެ ގޮތަކުންނޫނެވެ. އެދެކުންފުނި ނޫނަސް ރާއްޖޭގައި ނަންމަޝްހޫރު ވަރަށް ގިނަ ވިޔަފާރި ކުންފުނިތަކާއި އަމިއްލަ މީސްމީހުންނާއި ރިސޯޓް ވަޔަފާރިތަކުން އެސްއޯއެފްއިން މުއާމަލާތް ކޮށްފައި އެބަހުއްޓެވެ. ރަށްތައް ދޫކުރުމަށް ސަރުކާރުން އޭރު އިއުލާންކޮށްފައި އޮންނަ ސިޔާސަތުގެ ތެރެއިން މިކުންފުނިތަކުން އެމްއެމްޕީއާރްސީއާއި މުއާމަލާތު ކުރުމާއި ޑޮލަރު ގަތުމުގެ ލައިސަންސް އޮންނަ ކުންފުންޏަކުން ޑޮލަރުގަންނަން އުޅުމަކީ ވަގަށް ގޮވަންޖެހޭ ސަބަބެއްނޫނެވެ. ކުންފުނިތަކުން ރަށްތައްކުށްޔަށް ހިފާފައި ފައިސާދީފައިވަނީ އެސްއޯއެފަކަށްނޫނެވެ. އެމްއެމްޕީއާރްސީއަށެވެ. އެކުންފުނިން ފައިސާއާއި ހަވާލުވާ ފަރާތްތަކުން ޚިޔާނާތްތެރިވުމަކީ ވިޔަފާރީގައި ބައިވެރިވި އަނެއް މީހާ ކުށްވެރިވާންޖެހޭ ސަބަބެއްވެސް ނޫނެވެ.

ޚިޔާނާތުގެ މޫތައް އަހުމަދު އަދީބު ފުޅާކޮށްފައިވާ މިންވަރު ހިތަށްގެންނަން ދެން ފާހަގަކޮށްލަންބޭނުންވަނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިދިކޮޅު ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީގެ އިސްސަފުގެ ބައެއް ބޭފުޅުންނަށް ޚިޔާނާތުގެ ފައިސާ ދީފައި ވުމެވެ. މިއީ ކުރިން އެއްގޮތަކަށްވެސް ޚިޔާލަށް އައި ކަމެއްނޫނެވެ. މިއީ އެމްޑީޕީގެ އާއްމު މެމްބަރެއްގެ ވިސްނުމުގައި އޮތްކަމަކަށް ނުވެދާނެއެވެ. އެއަށްވުރެ އެޕާޓީގެ ވެރިން ތާހިރުވާނެކަމަށް އެމީހުންނަށް ޔަގީންކުރެވެއެވެ. އެހެންނަމަވެސް ކުރިން އެމްޑީޕީގެ ޗެއަރޕާސަން ގެ ނާއިބް އަދި ޕާޓީގެ މާލީ ކަންކަން ބެލެހެއްޓެވި އަދި 2013 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ކެމްޕެއިންގެ ފައިސާތައް މެނޭޖްކުރެއްވި އަހުމަދު މައުސޫމް ހިއްސާވާ ސީޖީޓީ ޕްރައިވެޓް ލިމިޓެޑް އެސްއޯއެފާއި މުއާމަލާތްކޮށް އެކުންފުނީގެ އެކައުންޓަށް އެސްއޯއެފުން 6 މިލިޔަން ޑޮލަރު ( 93 މިލިޔަން ރުފިޔާ ) ޖަމާކޮށްފައިވާކަމަށް އޭސީސީގެ ރިޕޯޓުން ދެއްކުމުން އެމްއެމްޕީއާރްސީގެ ޚިޔާނަތުގެ މައްސަލަ ފުޅާވެ ފެތުރިފައިވާ މިންވަރު އަންދާޒާކޮށްލެވެއެވެ. މައުސޫމްގެ ހިއްސާއޮންނަ ކުންފުންޏަށް ޚިޔާނާތުގެ ފައިސާ ވަދެފައިވާކަން އެގުމާއެކު ރައީސް މުހައްމަދު ނަޝީދުވަނީ އަވަސްއަވަހަށް މައުސޫމްގެ ދިފާއުގައި ވާހަކަފުޅު ދައްކަވާފައެވެ. މައުސޫމްއަކީ މައުސޫމް ބޭފުޅެއްކަމާމެދު ޝައްކުނުކުރައްވާކަމަށް ނަޝީދު ވިދާޅުވެފައިވެއެވެ. އެކަމަކު ސީޖީޓީއަކުން އެފައިސާއަކީ ހަރާންފައިސާތޯ ނުވަތަ ހަލާލްފައިސާތޯ ސާބިތުކޮށްދޭން ގާސިމް އިބްރާހިމް ފަދައިން އަދި އެއްޗެކޭ ނުބުނެއެވެ. ނަޝީދުގެ ވާހަކައިގެ ދެދުވަހެއްފަހުން ކުށެއްކުރައްވާފައިނުވާނެކަމަށް ވިދާޅުވެ މައުސޫމް ބަޔާނެއް ނެރުއްވާފައިވެއެވެ. އެހެންވިޔަސް އެހާއަވަހަށް ރައީސް މުހައްމަދު ނަޝީދު މައުސޫމް ދިފާއުގައި ނުކުންނަންވީ ކީއްވެގެންތޯއެވެ. އަދި ވަރަށް ބޮޑަށް ވާހަކަފުޅު ޓްވިސްޓްވެސްކުރައްވާފައިވެއެވެ. އެއީ އޭސީސީގެ ރިޕޯޓްގައި މައުސޫމް ބައިވެރިވާ ދެކުންފުންޏަކަށް އެސްއޯއެފްގެ ފައިސާ ޖަމާވެފައިވާކަމަށް ބުނެފައިވަނިކޮށް މައުސޫމްގެ ނަޒާހަތްތެރިކަން ސާބިތުކޮށްދެއްވުމަށް އެތަނުން އެއްކުންފުނީގައި މައުސޫމްގެ ހިއްސާ މިހާރު ނޯންނަކަމަށް ވިދާޅުވުމެވެ. އެކަމަކު މައުސޫމް އިއްޔެ ނެރުއްވި ބަޔާނުގައި ދެން އޮތް ކުންފުނީގައި ޝެއަރއޮންނަކަމަށް އަމިއްލަފުޅަށް ވިދާޅުވެފައިވެއެވެ. ތަހްޒީބު މުޖްތަމައެއްގައިނަމަ މިއީ ވަރަށް ބޮޑު މައްސަލައަކަށް ވީހެވެ. ތިމާގެ ރަހްމަތްތެރިއެއްވީމާ ކުށްވެރި ނުވެފައި ސިޔާސީ ވާދަވެރިއެއްވީމާ ކުށްވެރިވާންޖެހޭ އުސޫލެއް އޮވެގެންނުވާނެ ނޫންތޯއެވެ. މިއީ އަޅުގަނޑުމެން ހީކުރާވަރަށްވުރެ ސިޔާސީ މީހުންގެ ފަތިފުށްތާހިރު ނޫންކަން ފެންނަ މިސާލެކެވެ. އިންސާފު އެއީ ދުލުކުރިން ބުނެލާ ބަހެކެވެ.

ރައްޔިތުންގެ މަޖިލިސްތެރޭގައި ނެގިވޯޓްގެ ފަހަތުގައިވާކަންކަން ހާމަކުރާނެނަމަ!

އަދީބުގެ ބާރުގަދަ ދުވަސްވަރު އަޑުއިވެމުންގޮސްފައިވާ ވާހަކަތަކަށް ބަލާއިރު، އޭނާ ނާއިބް ރައީސްކަމަށް އަންނަން ރައްޔިތުން އިންތިޚާބުކުރި ނާއިބްރައީސް މުހައްމަދު ޖަމީލު އަހުމަދު ވަކިކޮށް، ގާނޫން އަސާސީއަށް ބަދަލުގެނައުމަށާއި އަދި ރާއްޖެއިން ބޭރު މީހުންނަށް ބިންވިއްކޭގޮތަށް ގާނޫނަށް ގެނައި އިސްލާހް ރައްޔިތުންގެ މަޖިލީހުގެތެރެއިން ފާސްކުރުމަށް އެކިއެކި ޑީލްތައް އަދީބު ހަދާފައިވާކަމަށް އެދުވަސްވަރު އަޑު އަރާފައި އޮވެއެވެ. އެހެންވިޔަސް އޭނާ ހަދާފައިވާ އެފަދަ ޑީލްތަކެއް އެހާ ސާފުކޮށް އަދި ހާމައެއް ނުވެއެވެ. ހަދާފައިވާ ކަމެއްވެސް ނޭގެއެވެ. އެހެންނަމަވެސް ގާނޫން އަސާސީ އިސްލާހް ކުރުމަށް ނެގި ވޯޓްގައި މަޖިލީހުގެ ދެތިން މެމްބަރަކު ފިޔަވައި އެހެން ހުރިހައި މެމްބަރުން ވޯޓްދީފައިވެއެވެ. ވޯޓް ނުދޭ މެމްބަރުންނަށް ތިބީ ޕީޕީއެމްގެ އަހުމަދު މަހްލޫފާއި ޖޭޕީގެ އަލީ ހުސައިން އެވެ. ވޯޓް ދެއްވި ބޭފުޅުންގެތެރޭގައި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. އީވާއާއި މާރިޔާއާއި އިމްތިޔާޒު ފަހުމީއާއި އަބްދުﷲ ރިޔާޒުފަދަ ބޭފުޅުންވެސް މެއެވެ. މިބަދަލު ސާލިހް ވެރިކަމަށް ވަޑައިގަތުމާއެކު އަލުންއަނެއްކާ ކުރިން އޮތްގޮތަށް ހެދީއެވެ. ސުވާލަކީ އެދުވަހު ގާނޫން އަސާސީއަށް އެއިސްލާހް ގެންނަން އެއްބަސްވެވަޑައިގަތީ ކީއްވެގެންތޯއެވެ. އަދި ބާރު ލިބިވަޑައިގަތީމާއި ތި އުވާލެއްވީ ކީއްވެގެންތޯއެވެ. ކޮން މަޖްބޫރުކަމެއް އެވެގެންތޯއެވެ. އެވޯޓްތަކުގެ ފަހަތުގައިވާ ކަންކަން ހާމަކުރުން އެއީ ވަރަށް ޝައުގުވެރިކުރުވަނިވި ވާހަކަތަކަކަށްވާނެކަމާމެދު ޝައްކެއްނެތެވެ. އަދި ހާމަނުކުރިޔަސް އެވަނީ ތާރީޚްގެތެރެއަށް ވަދެގެން ގޮސްފައެވެ.

އޭސީސީގެ ރިޕޯޓް ނެރުމުން އެރިޕޯޓް ނެރުން ލަސްވެ، އަދި ކަމުނުގޮސްގެން ވާހަކަ ދައްކައިއުޅުމުގެ ފަހަތުގައި ކިތަންމެ ކަމެއް ހުރެދާނެއެވެ. ސިޔާސީ ކަންކަމަކީ އަރަތެއްފަދަ ކަމެކެވެ. ޖުވާ އަށްވުރެވެސް މުޑުދާރު ގޭމްކުޅެންޖެހޭ ކަމެކޭ ބުނެ އުޅެއެވެ. އަޅުގަނޑުމެންގެ ރާއްޖެ ކީއްކުރަންތޯއެވެ. އަވަށްޓެރިންނާއި ދުރުން އދގެތެރެއިންނާއި އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އަދި އެންމެ އަބުރުވެރިކުޅިވަރުކަމުގައި ހީކުރާ ކުޅިވަރު، ފުޓްބޯޅައިގެ މައިޖަމްއިއްޔާ ފީފާގެތެރެއިންވެސް ފެންނަނީ ވައްކަމާއި ޚިޔާނާތެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...