ޒަހަމްވެފައި އޮތް ތުއްތު ކުއްޖާ އަދި ކޮފީ ޖެހި މީހާ
ޒަހަމްވެފައި އޮތް ތުއްތު ކުއްޖާ އަދި ކޮފީ ޖެހި މީހާ
ދުނިޔެ 12 Sep 2024 | 07:17

ތުއްތުކުއްޖެއްގެ ގަޔަށް ހޫނު ކޮފީ ޖެހި މީހަކު ބައިނަލްއަގުވާމީ ފުލުހުން ހޯދަނީ

އޮސްޓްރޭލިއާގެ ބްރިސްބޭންގައި 9 މަހުގެ ތުއްތު ކުއްޖެއްގެ ގަޔަށް ހޫނު ކޮފީ ޖެހުމަށްފަހު ފިލައިގެން ދިޔަ ކަމަށް ޝައްކު ކުރެވޭ މީހަކު ހޯދުމަށް ބައިނަލްއަގުވާމީ ފުލުހުންނާއިއެކު އެގައުމުގެ ފުލުހުން މަސައްކަތް ފަށައިފިއެވެ.

އޮގަސްޓްމަހުގެ 31 ވަނަ ދުވަހު ހިނގި މި ހާދިސާގައި އެ ތުއއތު ކުއްޖާގެ ގައިގެ ބޮޑުބައެއް ފިހި ސީރިއަސް ޒަހަމްތަކެއް ވަނީ ލިބިފައެވެ.

މި މައްސަލައިގައި 33 އަހަރުގެ މީހެއްގެ މައްޗަށް ހަށިގަނޑަށް ނުރައްކާތެރި އަނިޔާއެއް ދިނުމުގެ ނިޔަތުގައި ކުށް ކުރުމުގެ ދައުވާ އުފުލާފައިވާއިރު، މއޮސްޓްރޭލިއާގެ ގާނޫނު ބުނާގޮތުން މިއީ އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ކުށެކެވެ.

އެގައުމުގެ ފުލުހުން ހާމަކުރި ގޮތުގައި، އެމީހާ ސިޑްނީ އެއާޕޯޓުން ފުރައިގެން ގޮސްފައިވަނީ މި ހާދިސާ ހިނގިތާ 6 ދުވަސް ފަހުން، އޭނާ އަކީ ކާކުކަން ކަށަވަރު ކުރެވުމުގެ ކުރިންނެވެ.

އެމީހާ މިފަދައިން އަމަލު ކުރުމުގެ ފަހަތުގައިވާ ބޭނުން ނޭނގޭކަމަށް މައްސަލަ ބަލަމުންދާ ޑިޓެކްޓިވް އިންސްޕެކްޓަރ ޕޯލް ޑޯލްޓަން ބުނެފައިވާއިރު، އޭނާ ސިފަ ކުރި ގޮތުގައި މިއީ މިހާތަނަށް ބެލި މައްސަލަ ތަކުގެ ތެރެއިން ”އެންމެ އުނދަގޫ އަދި ފްރަސްޓްރޭޓިން“ މައްސަލައެވެ.

ޝައްކު ކުރެވޭ މީހާ ފިލައިގެން ގޮސްފައިވާ ގައުމު އަދި އޭނާގެ ނަން ފުލުހުންނަށް އެނގޭކަން ޑިޓެކްޓިވް އިންސްޕެކްޓަރ ޕޯލް ޑޯލްޓަން ކަށަވަރު ކޮށްދިން ނަމަވެސް، މިވަގުތު އެ މައުލޫމާތު ހާމަކޮށްދިނުމުން އެމީހުންގެ ތަހްގީގަށް ހުރަސް އެޅިދާނެތީ އިތުރު ތަފްސީލު ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް