ރައީސް ޑރ.މުއިއްޒު ސިންގަޕޫރުގެ އަރބަން ރީޑިވެލޮޕްމެންޓް އޮތޯރިޓީއަށް ޒިޔާރަތްކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިންގަޕޫރުގެ އަރބަން ރީޑިވެލޮޕްމެންޓް އޮތޯރިޓީއަށާއި ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
ޔޫ.އާރް.އޭ.ގެ ޑެޕިއުޓީ ސީއީއޯ އަދި ޗީފް ޕްލޭނަރ މިސް އެޑެލް ޓަން ޝިއާއޯ ލިންގް އާއި ސިންގަޕޫރުގެ ހައުސިން އެންޑް ޑިވެލޮޕްމަންޓް ބޯޑުގެ ޑިރެކްޓަރ މިސް ސިއާ ޓްޒޭ މިންގް ވަނީ ރައީސުލްޖުމްހޫރިއްޔާ ޔޫ.އާރް.އޭ.އަށް ވަޑައިގަތުމުން، އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.
މި ޒިޔާރަތްކުރެއްވުމުގައި، ސިންގަޕޫރު ރައްޔިތުންގެ ލުއިފަސޭއަށް އިސްކަންދޭ، ރައްކާތެރި އަދި ސްމާޓް ދިރިއުޅުމެއް އުޅެވޭނެ ސިޓީއެއް ބިނާކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ސިންގަޕޫރުން ގެންގުޅޭ ދުރުރާސްތާގެ ޕޮލީސެންޓްރިކް އާބަން ޕްލޭނިންގ އާއިބެހޭގޮތުން ޕްރެޒެންޓޭޝަނެއް، ރައީސުލްޖުމްހޫރިއްޔާ އަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ދީފައިވެއެވެ.

މި ޕްރެޒެންޓޭޝަނަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫ.އާރް.އޭ.ގެ ސިންގަޕޫރު ސިޓީ ގެލެރީއަށް ޒިޔާރަތްކުރައްވާފައިވެއެވެ. އެގޮތުން ސިންގަޕޫރުގެ އަރބަން ޕްލޭނިންގެ އެކިއެކި މަރުހަލާތަށް ބައްލަވާލައްވާ ސިންގަޕޫރު ބެލެހެއްޓުމަށް ވޭތުވެދިޔަ ތަނުގައި ދިމާވި ގޮންޖެހުންތަކާއި، އެކަންކަމަށް ޙައްލު ގެނެވުނު ގޮތް ބައްލަވާލައްވާފައިވެއެވެ.

ޔޫ.އާރް.އޭ އަކީ ޑިސްޓްރިކްޓް ކޮންޒަވޭޝަން ޕްރޮގްރާމުގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބައެކެވެ. ޔޫ.އާރް.އޭ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ދިރިއުޅުމަށް އެކަށޭނަ ތަންތަން ތަރައްޤީ ކުރުމަށް ޚާއްޞަ ކޮށްފައިވާ ކުންފުންޏެކެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް