މާލޭ ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެ
މައްޗަންގޮޅި ގެއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
ފުލުހުން މިއަދު ބުނީ، މިއަދު 11:18 އެހާކަށްހާއިރު، މައްޗަންގޮޅި ގެއެއްގެ ޓެރަސް މަތީގައި ފިރިހެނަކު ވެއްޓިފައިވާކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނު ކަމަށެވެ.
ފުލުހުން އެގެޔަށް ދިޔައިރު، އެމީހާގެ އަނގައިން ފޮނުއަރާފައިވާ ކަމަށާއި އެމީހާ ދެނެގަތުމުގެ މަސައްކަތް ފުލުހުން މިހާރު ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ، އެމްއެންޑީއެފް ގެ އެހީތެރިކަމާއެކު އެމީހާ ތިރިޔަށް ބާލައި، އޭނާ ހޮސްޕިޓަލަށް ގެންދިއުމުގެ މަސައްކަތް ކުރމުންދާ ކަމަށެވެ.
ފުލުހުން ބުނީ، އެމީހާޔަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫން ކަމަށް މިހާތަނަށް މައުލުމާތު ލިބިފައިވާކަމަށާއި އެމައްސަލައިގައި ފުލުހުން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް