ނަފްސާނީ ބަލިތަކަށް ޚާއްސަ ސެންޓަރެއް މާދަމާ އައިޖީއެމްއެޗްގައި ހުޅުވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަމަ ސަތޭކަ ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ނަފްސާނީ ބަލިތަކަށް ޚާއްސަ ސެންޓަރ، މާދަމާ އައިޖީއެމްއެޗްގައި ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
ނަފްސާނީ ބަލިތަކަށް ޚާއްސަކޮށްގެން "ސެންޓަރ ފޯ މެންޓަލް ހެލްތު ޑިޕާރޓްމަންޓް" ގެ ނަމުގައި އައިޖީއެމްއެޗުގައި ޚާއްސަ ޑިޕާރޓްމަންޓް މާދަމާ ހެނދުނު ހުޅުވައިދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
މި ސަރުކާރުން ވަނީ ރައްޔިތުންގެ ދުޅަހެޔޮ ސިއްހަތު ޔަގީންކުރުމަށް، ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދޭނެކަމަށް ބުނެފައެވެ.
އެގޮތުން ސަރުކާރުން ވަނީ ނަފްސާނީ ބަލިތަކަށް ހިލޭ ފަރުވާކުރެވޭނެ މި ސެންޓަރގެ އިތުރުން މެންޓަލް ހެލްތު ބިލްވެސް މި އަހަރުގެ ތެރޭގައި މަޖިލީހަށް ހުށަހެޅޭނެކަމަށް ބުނެފައެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް