ޖިއޯ ހެޑް އޮފީސް... ފޮޓޯ: އެންޑީޓީވީ
ޖިއޯ ހެޑް އޮފީސް... ފޮޓޯ: އެންޑީޓީވީ
ވިޔަފާރި 02 Sep 2025 | 03:22

ޖިއޯ ޓެލެކޮމް ހިއްސާގެ ބާޒާރަށް ނިކުންނަނީ

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ރިލަޔަންސް އިންޑަސްޓްރީސްގެ މުވާސަލާތީ ވިޔަފާރިތައް މެނޭޖްކުރާ ޖިއޯ ޕްލެޓްފޯމްސް އަންނަ އަހަރު ހިއްސާގެ ބާޒާރަށް ނިކުންނާނެކަމަށް ރިލަޔަންސްގެ ވެރިޔާ، ބިލިއަނަރު މުކޭޝް އަމްބާނީ އިއުލާންކޮށްފިއެވެ.

100 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ އަގުބޮޑުކޮށް އަގުކޮށްފައިވާ މި ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމަށް މަސައްކަތްކުރާތާ އަހަރުތަކެއް ވަނީ ވެފައެވެ. 2019 ވަނަ އަހަރު އަމްބާނީ ވަނީ ފަސް އަހަރު ތެރޭ އެކުންފުނި ހިއްސާގެ ބާޒާރަށް ނިކުންނާނެކަމަށް ބުނެފައެވެ. އެހެންނަނަވެސް މިއަހަރު އެކަން ނުވާނެކަން ޖުލައި މަހު ރޮއިޓަރސްއިން ރިޕޯޓްކުރިއެވެ. އެއާއެކު، ޖިއޯ ހިއްސާގެ ބާޒާރަށް ނިކުންނެ ދުވަހަކާއިމެދު ސުވާލު އުފެދިފައިވަނިކޮށް، އެ ސުވާލުތަކަށް އަމްބާނީ މިދިޔަ ހަފްތާ ބަންދުގައި އެވަނީ ޖަވާބު ދީފައެވެ.

ޖިއޯ ޕްލެޓްފޯމްސްގެ ތެރޭގައި ހިމެނޭ ރިލަޔަންސް ޖިއޯ އިންފޯކޮމް އަކީ އިންޑިއާގެ އެންމެ ބޮޑު ޓެލެކޮމް އޮޕަރޭޓަރއެވެ. އެ ކުންފުނީގެ ކަސްޓަމަރުންގެ ތެރޭގައި 500 މިލިއަން ޔޫޒަރސް ހިމެނެއެވެ.

ޓެލެކޮމް ވިޔަފާރި ހިއްސާގެ ބާޒާރަށް ނެރުމަށް ރިލަޔަންސްއިން މަސައްކަތްކުރާއިރު، އެކުންފުނިން ގެންދަނީ އާޓިފިޝަލް އިންޓެލިޖެންސްއަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ. އެގޮތުން ފޭސްބުކްގެ މައި ކުންފުނި މެޓަ އާއި، ގޫގަލްގެ މައި ކުންފުނި އަލްފަބެޓްއާއެކު ރިލަޔަންސްއިން ގެންދަނީ އެބަސްވުންތަކަކަށް އައިސްފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
11 Oct 2026 ދުނިޔެ

އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި

ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ އެއާލައިންގެ ފްލައިޓެއްގައި ފަސިންޖަރެއްގެ ޕަވާ ބޭންކެއްގައި ވައިގެ ތެރޭގައި ރޯވުމާ ގުޅިގެން، ހައިދްރާބާދުގެ ރާޖީވް ގާންދީ އިންޓަނޭޝަނަލް އެއާޕޯޓަށް ކުއްލި ހާ...

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި
11 Oct 2026 ދުނިޔެ

ޖައިޝަންކަރުގެ އެފްރިކާ ދަތުރުފުޅު ނިންމަވާލައްވައިފި

އިންޑިއާ އާއި އެފްރިކާ ޤައުމުތަކާ ދެމެދު އޮތް ޒަމާންވީ ގާތްގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި، އިންޑިއާގެ ޚާރިޖީ ވަޒީރު ޑރ. އެސް. ޖައިޝަންކަރު އެފްރިކާގެ ތިން ޤައުމަކަށް ކުރެއްވި ރަސްމީ ދަތުރ...

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
11 Oct 2026 ދުނިޔެ

ސީޖޭޕީގެ ލީޑަރުން ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ތިން ލީޑަރުން ކަމަށްވާ ދިޕްކޭ އާއި އެ ޕާޓީގެ 2 ތަރުޖަމާނުން ދޫކޮށްލުމަށް ނިއުދިއްލީގެ ކޯޓުން އަމުރުކޮށްފިއެވެ. މި 3 މީހުން ހައްޔަރުކުރީ އިއްޔެ އެ މީހުން ދިއްލީގައި ބާއ...

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
10 Oct 2026 ދުނިޔެ

ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި

އިންޑިއާގެ މިނިވަންކަމުގެ ބާނީ މަހާތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ތުޝާރު ގާންދީ، މުމްބާއީގައި ބޭއްވުމަށް ހަމަޖެހިފައި ސީޖޭޕީގެ  މުޒާހަރާއަށް ދިޔަމަގުމަތީގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެ...

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި
10 Oct 2026 ދުނިޔެ

ދިއްލީއަށް މުޒާހަރާކުރަން ދިޔަ ސީޖޭޕީގެ ލީޑަރު, ފްލައިޓުން ނުފޭބެނީސް ހައްޔަރުކޮށްފި

އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރާ ދެކޮޅަށް ދިއްލީގެ ޖަންތަރު މަންތަރުގައި ބާއްވަން ރޭވި މުޒާހަރާގައި ބައިވެރިވުމަށް ދަތުރުކުރި ކޮކްރޯޗް ޖަންތާ ޕާޓީ (ސީޖޭޕީ) ގެ ލީޑަރު، އަބީޖީތު ދިޕްކޭ އާއި އެ ޕާޓީ...

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި
08 Oct 2026 ދުނިޔެ

ޖައިޝަންކަރު އެފްރިކާއަށް ކުަރައްވާ ދަތުރުފުޅެއް ފައްޓަވައިފި

އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ޖައިޝަންކަރު، އެފްރިކާ ބައްރުގެ ތިން ގައުމު ކަމަށްވާ ގާނާ، އައިވަރީ ކޯސްޓް އަދި އިތިއޯޕިއާއަށް ކުރައްވާ ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ. އިންޑިއާގެ...