ގުޅޭނެ ކްލަބް ނިންމައިފިން: ގްރިޒްމަން
ކުރިއަށް އޮތް ސީޒަނުގައި އެޓްލެޓިކޯ މެޑްރިޑް ދޫކޮށް ގުޅޭނެ އައު ކްލަބަކީ ކޮބާކަން ނިންމައިފިން ކަމުގައި ފްރާންސްއަށް ނިސްބަތްވާ ހުނަރުވެރި ފޯވަޑް އެންޓޮނީ ގިރްޒްމަން ބުނެފިއެވެ.
މީގެ ކުރިންވެސް ޔޫރަޕުގެ ބޮޑެތި ކްލަބްތަކުން އޭނާގެ ސޮއި ހޯދަން މަސައްކަތް ކޮށްފައިވާއިރު އޭނާ ނިންމީ އެޓްލެޓިކޯގައި މަޑު ކުރުމަށެވެ.
ފަސް އަހަރަށްފަހު އެޓްލެޓިކޯ ދޫކޮށްލާނެ ކަން އޭނާ އިއުލާނު ކުރީ ނިމިދިޔަ ސީޒަން ނިމެން ގާތްވެފައިވަނިކޮށެވެ. ގްރިޒްމަން ދެން ބަދަލުވާނީ މެންޗެސްޓާ ޔުނައިޓެޑް ނޫނީ ބާސެލޯނާއާއި ކަމަށް ޔޫރަޕުގެ ވަރުގަދަ މީޑިއާތަކުން އަންނަނީ ބުނަމުންނެވެ.
ގައުމީ ޓީމާއެކު މިވަގުތު ހުރި ގްރިޒްމަން މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނީ ބަދަލުވާން ބޭނުންވާ ކްލަބް އޭނާއަށް އެނގޭ ކަމަށައި އެކަމަށް އޭނާވާންޖެހޭ ގުރުބާނީތައްވެސް ދެނަހުރިކަމުގައެވެ.
މީހުންގެ ކިބައިން އޭނާ ހަމައެކަނި އެދެނީ ކެތްތެރިވުން ކަމަށައި ވަގުތު ޖެހުމުން އެކަން އުފަލާއެކު ހަމާކުރާނެ ކަމުގައިވެސް ގްރިޒްމަންވަނީ ބުނެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް