ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މާދަމާ ހެނދުނު ހުޅުވާލަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މާދަމާ ހުޅުވާލަން ނިންމައިފި އެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އިން ބުނީ ރަސްފަންނު މޫދަށް އެރޭ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

އެހެން ކަމުން ޖޫން 12 ވާ ހުކުރު ދުވަހުގެ [މާދަމާ] ހެނދުނުން ފެށިގެން އާންމުނަށް ހުޅުވާލާނެ ކަމަށް ވަނީ ބުނެފަ އެވެ.
ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 10 ވަނަ ދުވަހު އެވެ. ރަސްފަންނު މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށް ފަހު އެކި ސަރަޙައްދުތައް އެ މަސައްކަތަށް ދަނީ ބަންދުކުރަމުންނެވެ.

ރަސްފަންނު ސަރަހައްދަކީ ވަަރަށް ގިނަ ބަޔަކު މޫދަށް އެރުމާއި ހިތް ފަސޭހަ ކޮށްލުމަށް ގޮސް އުޅޭ ސަރަހައްދެކެވެ. ނަމަވެސް އެ ސަރަހައްދު މިހާރު އޮތީ ވަރަށް ބޮޑަށް މަރާމާތަށް ބޭނުން ވެފަ އެެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް