ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޑީއެންއޭ މައުލޫމާތު އެއްކުރުމަށް ކާނަލް ނާޒިމް ގޮވާލައްވައިފި
ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޑީއެންއޭ މައުލޫމާތު ހިމެނޭ ޑާޓާބޭހެއް އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމް ގޮވާލައްވައިފިއެވެ.
އެބޭފުޅާ މިފަދައިން ގޮވާލައްވާފައިވަނީ ކުރެއްވި ޓްވީޓެއްގައެވެ.
މީގެ ކުރިން ޑިފެންސް މިނިސްޓަރކަމުގެ މަގާމުވެސް އަދާކުރެއްވި ނާޒިމް ވިދާޅުވީ ކުށްތަކާއި ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، ހުރިހާ ރައްޔިތުންގެ ޑީއެންއޭ ނުވަތަ ޖެނެޓިކް މައުލޫމާތު ޑީއެންއޭ ޑާޓާބޭސްގައި ހުންނަންޖެހޭ ކަމަށެވެ. އަދި ގާނޫނަށް ތަބާވާ ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރިކުރަންޖެހޭކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިވަގުތު ރާއްޖޭގެ ފުލުހުންގެ ޑީއެންއޭ ޑާޓާބޭސްގައި ހިމެނެނީ ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރެވޭ ފަރާތްތަކުގެ ޑީއެންއޭ މައުލޫމާތު އެކަންޏެވެ.
އެބޭފުޅާ އިތުރަށްވަނީ ޓެކްސީ ޑްރައިވަރ ގާސިމް ހަސަންގެ މަރުގެ ތަހުގީގާއި މެދުވެސް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ނާާޒިމް ވިދާޅުވީ އެ ހާދިސާ ހިނގި ސަރަހައްދުން ޑީއެންއޭ ސާމްޕަލް ފަދަ ފޮރެންސިކް ހެކިތައް ފުލުހުންނަށް ލިބުނުތާ 10އަށްވުރެ ގިނަ ދުވަސް ވެދާނެކަމަށެވެ.
ނަމަވެސް އެއްވެސް ފަރާތެއް ހައްޔަރުކުރެވިފައި ނުވުމުން، އެއީ ފުލުުހުންގެ ޑާޓާބޭސްގައިވާ ޑީއެންއޭއަކާއި ދިމާނުވާތީކަމަށް ވެދާނެކަމަށް ނާާޒިމް ވަނީ ވިދާޅުވެފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް