"ދަބަންގް ތްރީ"ގެ ޝޫޓިން އެޕްރީލް އެކެއްގައި
"ދަބަންގް ތްރީ"ގެ ޝޫޓިން އަންނަ މަހުގެ އެކެއްގައި ފަށާނެ ކަމަށް ސަލްމާން ޚާން ބުނެފިއެވެ.
ދަބަންގް ސީރީސްގެ ފިލްމުތަކަކީ ގިނަ ބައެއްގެ ތައުރީފު ލިބިފައިވާ ފިލްމުތަކެވެ. އަދި ދަބަންގްގެ ތިންވަނަ ފިލްމުގެ ޝޫޓީންގެ ކުރިން ކުރަން ޖެހޭ ކަންތައްތައް ކުރާތާ މިހާރު ދުވަސްތަކެއް ވެފައިވަނިކޮށް އެފިލްމުގެ ޝޫޓިން އަންނަ މަހުގެ އެއްވަނަ ދުވަހު ފަށާނެ ކަމަށް އެފިލްމުގައި ލީޑްރޯލުން ފެނިގެންދާ ތަރި ސަލްމާން ޚާން މިވަނީ ބުނެފައެވެ. އަދި އެފިލްމު ޑައިރެކްޓް ކުރަނީ މަޝްހޫރު ކޮރެއޯގްރަފާރ އަދި ޑާންސަރ ޕްރަބޫދޭވާއެވެ. ފިލްމު އުފައްދާ ފަރާތްތަކުން މަސައްކަތް ކުރަނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށްވެސް ފިލްމު އުފައްދާ ފަރާތްތަކުން ބުނެފައިވެއެވެ.
އަދި ދަބަންގް ތިނަކާއި އެކު ސަލްމާން ޚާން ގެ ދެފިލްމު މިއަހަރުގައި ރިލީޒް ވާނެއެވެ. އެއީ ކެޓްރީނާ އެކު ފެނިގެންދާ "ބަރަތު" އަދި "ދަބަންގް ތުރީ"އެވެ. " ބަރަތު" ރިލީޒް ކުރާނެ ކަމަށް ބެލެވެނީ މިއަހަރުގެ ބޮޑު އީދުގައެވެ.
"ދަބަންގް" ތިނެއްގައި ފެނިގެންދާނެ ތަރިންގެ ތެރޭގައި ހިމެނެނީ ސޮނާކްޝީ' ސަލްމާން އަދި އަރްބާޒް ޚާންއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް