މުޅި ސްރީލަންކާގައި މިރޭ ނުވަޔަކުން ފެށިގެން ކާފިޔު ހިންގަނީ
ސްރީލަންކާގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެގައުމުގައި އަނެއްކާވެސް ކާފިޔު ހިންގުމަށް ނިންމައިފިއެވެ.
ލަންކާގެ ފުުލުުހުންނާއި ހަވާލާދީ އެގައުމުގެ މީޑިޔާތަކުން ރިޕޯޓްކުރާ ގޮތުގައި މިރޭ ނުވަޔަކުން ފެށިގެން މާދަމާ ފަތިހު ހަތަރެއް ޖަހަންދެން އެގައުމުގައި ކާފިޔު ހިންގާނެއެވެ.
މި ކާފިޔު ގަމްޕަހާ ސަރަހައްދުގައި ހައެއް ޖަހަންދެން އޮންނައިރު، ނޯތް ވެސްްޓް ޕްރޮވިންސްގައި ވަކި ގޮތެއް އަންގަންދެން ހިންގާނެއެވެ.
މި ކާފިޔު އިއުލާންކޮށްފައިވަނީ ލަންކާގެ އެކި ސަރަހައްދުތަކުގައި މަދުބަޔެއްގެ މެދުގައި ހަމަނުޖެހުންތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.
މިއަދު ހެނދުނުން ފަށައިގެން އެގައުމުގައި ސޯޝަލް މީޑިޔާާގެ ވަސީލަތްތައްވެސް ވަނީ ބްލޮކްކޮށްލާފައެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް