މަޝްހޫރު "މިނިސޯ" ގެ ފިހާރައެއް ރާއްޖޭގައި ހުޅުވަނީ
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަގުބޫލުކަން ހޯދާފައިވާ ޑިސްކައުންޓް ރީޓެއިލް ފިހާރައެއްކަމުގައިވާ "މިނިސޯ"ގެ ފިހާރައެއް ރާއްޖޭގައި ހުޅުވުމަށް ނިންމައިފިއެވެ.
ޗައިނާއަށް ނިސްބަތްވާ މި ކުންފުނިން ވަނީ ދާދިފަހުން ހަ ގައުމެއްގައި އެކުންފުނީގެ އިތުރު ފިހާރަތައް ހުޅުވުމަށް ޕާޓްނަރުންނާާއި އެކު ސޮއިކޮށްފައެވެ. އެއީ ދިވެހިރާއްޖޭގެ އިތުރުން ޔޫކޭ، ފްރާންސް، ރީޔޫނިއަން، އަރޫބާ އަދި ކުރަކާއޯ އެވެ.
މިނިސޯގެ ފިހާރަތައް ދުނިޔޭގެ 90 ގައުމެއްގައި މިވަގުތު ހުރެއެވެ. މި އަދަދު 2022ވަނަ އަހަރުގެ ކުރިން 100ގައުމެއްގައި 10،000ފިހާރައަށް ހެދުމަކީ އެ ކުންފުނީގެ އަމާޒެކެވެ.
އެ ފިހާރަތަކުގައި އާންމުކޮށް ލިބެން ހުންނަ ސާމާނުތަކުގެ ތެރޭގައި ބަދިގޭ ސާމާނާއި، ސެންޓާއި، ކުޅޭއެއްޗެއްސާއި، މޭކަޕް ސާމާނުގެ އިތުރުން އިލެކްޓްރޯނިކްސް ހިމެނެއެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް