މާލެ އިން ގެއްލުނު ޔާމީން އަދިވެސް ނުފެނޭ
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
މާލެއިން ގެއްލިގެން ހޯދަމުގެ މަސައްކަތް ފުލުހުން ކުރަމުންދާ، މާލެ، ގ.ގާރނެޓް، ޙަސަން ޔާމީން (30 އަހަރު) އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުން ރޭގައި ބުނީ، ޖުލައި 11 ވަނަ ދުވަހުގެ 21:25 އެހައިކަންހާއިރު މާލޭގައި ޔާމީން ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަފަހުން، އާއިލާއަށް ހަބަރެއްނުވެ ގެއްލިފައިވާ ކަމަށް ޖުލައި 14 ވަނަ ދުވަހުގެ 20:30 އެހައިކަންހާއިރު ރިޕޯޓުކޮށްފައުވާ ކަމަށެވެ.
އަދި އެ ރިޕޯޓް ކުރުމާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެހެންކަމުން، ޙަސަން ޔާމީންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 އަށް ގުޅާ ހިއްސާކުރުމަށް ވަނީ އެދިފަ އެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް