N/A
N/A
ހަބަރު 26 Feb 2019 | 05:59

އެސްޓީއޯގެ ވިޔަފާރި ހުއްޓާލަނީ ރައްޔިތުމީހާ ނިކަމެތިކޮށްލުމަށެވެ.!

އެމްޑީޕީގެ ވިޔަފާރި ސިޔާސަތަކީ ސަރުކާރުން ވިޔަފާރިކުރުން ހުއްޓާލައި އަމިއްލަވިޔަފާރިތަކަށް ސަރުކާރުން ފުރުސަތު ތަނަވަސްކޮށްދިނުމެވެ. އެޕާޓީން ކުރަހައިގެން އުޅޭ އެޖެންޑާ 19 އިން ބުނެދެނީވެސް މިވާހަކައެވެ. ސަރުކާރުން ވިޔަފާރި ކުރުން ހުއްޓާލުމުގެ ގޮތުން އެސްޓީއޯއިންކުރާ ވިޔަފާރިތައް ހުއްޓާލުމަކީ ރައީސް އިބްރާހިމް މުހައްމދު ސާލިހްގެ ރިޔާސީ ވައުދެއްވެސްމެއެވެ. މިވައުދުފުޅުގެ ބައެއް އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ސަތޭކަ ދުވަހުގެތެރޭގައި މިހާރު އެވަނީ ފުއްދަވާފައެވެ. އެއީ އެސްޓީއޯ އިލެކްޓްރޯނިކްސް ވިޔަފާރި ހުއްޓާލުމެވެ. ރައީސް ސާލިހް ނޫސްވެރިންނާއި ބައްދަލުކުރެއްވި ފަހަރެއްގައި ސިޓީސްކެއަރ ނުވަތަ މިހާރު ރީތި ބިލްޑިންގެއް ހަދާފައިވާ ކުރީގެ އަމަރުޝޮޕިން އާކޭޑް ބިލްޑިންގައި ހިގަމުންދިޔަ އިލެކްޓްރޯނިކްސް ވިޔަފާރި ހުއްޓާލަން އަންގަވާފައިވާކަމަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން އިލެކްޓްރޯނިކްސް ވިޔަފާރި ހިންގިތަން މިހާރު އެހުރީ ހުސްކޮށްފައެވެ. ދެން އޮތީ އެސްޓީއޯ ޓްރޭޑް ސެންޓަރުގައި ހިގަމުންދާ ސުޕަރމާޓާއި އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓާއި އެސްޓީއޯ ޓިނު ފެކްޓްރީއާއި އެސްޓީއޯ ސިމެންތި ފެކްޓްރީއާއި މޯލްޑިވްސްގޭސްއާއިމެދު ރައީސް އިބްރާހިމް މުހައްމަދު ސާލިހް ނިންމަވާ ނިންމެވުމެކެވެ. ލަފާކުރެވޭގޮތުން އިލެކްޓްރޯނިކްސްއަށްފަހު ދެން ބަންދުކުރާނީ ސުޕަރމާޓެވެ.

އެމިއްލަ ވިޔަފާރިއަށް ޖާގަދިނުމުގެ ނަމުގައި އެސްޓީއޯގެ ވިޔަފާރި ކުޑަކޮށް ނިކަމެތިކޮށްލުމަކީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް އެހާ ބޮޑަށް ދެނެވަޑައިގަންނަވާ ސިޔާސަތެއްނޫނެވެ. އެސިޔާސަތު އެންމެ ފުރަތަމަ އިއުލާންކުރައްވާފައިވަނީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ މިހާރުގެ ސަރުކާރުން އިބްރާހިމް މުހައްމަދު ސާލިހް އަމަލުކުރައްވަމުންގެންދަވަނީ އެމަނިކުފާނު ގެންގުޅުއްވި ކުރީގެ ސިޔާސަތުތައްކަމަށެވެ.

އެސްޓީއޯގެ ވިޔަފާރިތައް ހުއްޓާލުމުގެ ސަބަބަކަށް އަމިއްލަ ވިޔަފާރިތަކަށް ޖާގަދިނުން، އެބަސް މީހުންގެތެރެއަށް ނެރެ ޖަރީކުރިޔަސް ހަގީގަތުގައި އެއިން ނުކުންނަ ނަތީޖާއަކީ ދިވެހި ރައްޔިތުން ނިކަމެތިކޮށްލުމެވެ. ދިވެހި އެންމެ އާދައިގެ ނިކަމެތި ރައްޔިތު މީހާއާއި އެސްޓީއޯއާއި ގުޅިފައިވާ މިންވަރު އަންދާޒާނުކުރެވެނީއެވެ. ނުވަތަ ދިވެހި ރައްޔިތުމީހާގެ ހަގީގީ ހާލަތާއި ބޭނުންތައް ނޭގި ޖަޒްބާތެއްގެތެރެއަށް މީހުން ވަށްޓާލައި މަގުފުރައްދަނީއެވެ. މިއީ ދީނީގޮތުން މަގުފުރެދުމުގެ ވާހަކައެއް ނޫނެވެ.

އެސްޓީއޯއާއިމެދު ތިޔަ ތަންފީޒުކުރައްވަމުންގެންދަވާ ސިޔާސަތު ތަންފީޒުކުރެއްވުމުގެ ކުރިން ކޮންމެވެސް ވަރެއްގެ މިނިވަން އެނައިލިސިސްއެއް ހައްދަވަންވީ ނޫންތޯއެވެ. އެންމެ އާދައިގެ ނިކަމެތި މީހާ ގެއަށް ދޮންނަ މެޝިނެއް ވައްދަން ނުވަތަ ގޭގައި ޓިނުޖަހަން، ނުވަތަ ފްރިޖެއް ގަނެލަން، ޓީވީއެއް ގަނެލަން، ނުވަތަ ނިދާލާނެ ގޮދަޑިގަނޑެއްގަނެލަން ފުރަތަމަ ދުއްވައިގަންނަނީ ކޮންތާކަށްތޯއެވެ. އެސްޓީއޯއަށެވެ. އެއްފަހަރާ ލާރިދީގެން ގަނެވެންނެތިއްޖިއްޔާ އެސްޓީއޯގެ ސްކީމްތެރެއިން ފަހުންދޭން ނަގައިގެން ދިރިއުޅުން ކޮޅަށްޖަހައި އާބާދުކުރި ކިތައްސަތޭކަ އާއިލާ މިރާއްޖޭގައި އޮތް ކަން ދެނެވަޑައިނުގަންނަވަނީ ނޫންތޯއެވެ. އެސްޓީއޯއަށް ދެރިޔަކަސް އަމިއްލަމީހަކަށް ނުދަރައި ޒަމާނީ ތަކެތި ގެއަށް ގަނެގެން އުފާވެރި ދިރިއުޅުމެއް އެއުޅެނީއެވެ. އެސްޓީއޯއިން ވިއްކަނީ އިތުބާރުކުރެވޭ ބްރޭންޑްތަކުގެ މުދާކަން ރައްޔިތު މީހާއަށް އެގެއެވެ. އެކަމަކު ލިބޭ މުސާރަކޮޅުން ނުވަތަ މަސްދުވަހުގެ އާމްދަނީން ދެކޮޅު ނުޖެހި އުޅޭ މީހާއަށް އޮތް މިފުރުސަތު ތިޔަ ބަންދުކޮށްލައްވަނީ ވިޔަފާރި ވެރިޔަކަށްޓަކައެވެ. އާއްމުރައްޔިތުމީހާއަށް ދެން އޮތީ ރެޑްވޭވް އިން އަގުހެޔޮމުދަލޭ ކޮލިޓީވާނެއޭ ބުނީމާ އެމީހުން ދޭ އަގެއްގައި ކުނިބުނިވިއްކިޔަސް ގަނެލުމެވެ. ދެން ތި ވިދާޅުވަނީ އެސްޓީއޯއާހެދި އަމިއްލަ ވިޔާފާރި ކުރިއަރަން ދަތިވާ ވާހަކައެވެ. އެސްޓީއޯގެ ސުޕަރމާޓް އޮއްވާ މާލޭގައި އަމިއްލަ މީސްމީހުން އެއަށްވުރެ ބޮޑެތި ސުޕަރމާކެޓްތައް ހަދައިގެން އެއޮތް ފުޅާކުރަމުންދަނީއެވެ. ކުރިން ސެންޓްވިއްކި ލެކިއުޓުން އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓާއި އިލެކްޓްރޯނިކްސްއާއި ދާދިގާތުގައި އެފަދަ ބޮޑު ޒަމާނީ ޝޮޕެއް ހުޅުވައިލީއެވެ. ރާޑޯފިހާރަވެސް ކިހާވަރަކަށް ފުޅާކޮށްފިތޯއެވެ. ކިތައް އަގޯރާހެއްޔެވެ. ގާސިމް އިބްރާހިމްގެ ކުންފުނިތަކުން ރިހާކުރަށްދަންދެން ވިއްކައެވެ. މިފްކޯހުއްޓަސް އަމިއްލަ މަސްފެކްޓްރީތަކާއި މަހުގެ ބާވަތްތައް ވިއްކާ ވިޔަފާރިވެރިން ކިހާގިނަތޯއެވެ. އެސްޓީއޯގެ ފާމަސީއަށްވުރެ ބޮޑު ކިތައް ފާމަސީ މާލޭގައި އެބަހުރިތޯއެވެ.

އެސްޓީއޯގެ ހަގީގީ ދައުރަކީ ރައްޔިތުންނަށް ޚިދުމަތްކުރުން

ތިޔަ ނިންމެވުން ނިންމަވާއިރު އެސްޓީއޯގެ ތާޜީޚްތަކާއި އެތަނާއި ގުޅިފައިވާ ދިވެހި ރައްޔިތުންގެ ހާޖަތުތައް ދިރާސާކޮށްލައްވާށެވެ.

އެސްޓީއޯގެ ފެށުމަކީ ދިވެހި ރާއްޖޭގެ އިގްތިސާދު ކޮންޓްރޯލްކޮށް ދިވެހި ރައްޔިތުންނަށް ކާބޯތަކެތި ހިތަށްއެރީމާ ދަތިކޮށްހެދި އިންޑިޔާގެ ވޯރާފިޔަފާރިވެރިންގެ ބާރު ކަނޑުވާލުމަށް ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު އުފެއްދެވި ބޮޑު ސްޓޯރެވެ. އޭގެފަހުންވެސް އިންޑިޔާގެ ވޯރާވިޔަފާރިވެރިންގެ އުދަގޫ ބޮޑުވެ ރާއްޖޭގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ މީހުންނަށް އޮތްނުފޯރާ ހިސާބަށް އަގުތައް އުފުލާތީ އިބްރާހިމް ނާސިރުގެ އަމުރުފުޅަށް ސަރުކާރުން މުދާއެތެރެކޮށް ވިއްކަފެށި ވިއްކަންފެށުމެއް ނޫންތޯއެވެ. އޭޓީއޭއާއި އެމްޖީބީގެ ތާރީޚްގެތެރެއަށް ކޮންމެހެން ދާކަށް ނެތީމެވެ. އެކަމަކު ދިވެހި ސަރުކާރުން އުފެއްދި ކުންފުނިތަކުން ޔޫރަޕުން މުދާގެނެސް ބާޒާރަށް ނެރެ ހެޔޮއަގުގައި އާއްމުންނަށް ވިއްކަންފެށުމުން އެތަނުން ކްރެޑިޓަށް މުދާގެންގޮސްގެން ކުދި ވިޔަފާރިތައް މާލޭގައި ފެށި މިއަދު މިފެންނަ ފެންވަރަށް ފުޅާވެގެންދިޔައީއެވެ. އަދި އޭރު ރާއްޖޭގެ ބާޒާރުގައި ހުރިފަދަ ކޮލިޓީ އެއްވެސް މުދަލެއް މިސަރަހައްދުގެ ގައުމެއްގައި ނުހުރެއެވެ. އިންޑިޔާ ވިޔަފާރިވެރިން މާލެއައިސް މުދާގަނެގެންގޮސް އިންޑިޔާގެ ބާޒާރަށް ވިއްކަންފެށުމުން އެކަންހުއްޓުވަން އިންޑިޔާގެ މައި ސަރުކާރުން އުޅުނުކަމަށްވެއެވެ. މިއަދު ބާޒާރުމަތީގައި އެތިބަ މަޝްހޫރު ވަރަށް ގިނަ ވިޔަފާރިވެރިންނަކީ އެސްޓީއޯގެތެރެއިން ނުކުމެގެން ވިޔަފާރިފެށި މީހުންނެވެ. އެކަންއެގޭބަޔަކަށް އެގެއެވެ. މިއަދުވެގެންއުޅޭގޮތަކީ އެސްޓީއޯ ހުރެގެން ދިވެހި ރައްޔިތުން ފެލާނުލެވޭނެކަން އެގޭބަޔަކަށް އެގެނީއެވެ. އެމްޑީޕީގެ ސަރުކާރުނޫން ރާއްޖޭގައި ވެރިކަންކުރި އެހެން ރައީސުންނާއި ވެރިން އެސްޓީއޯ ބޭނުންކުރަމުންދިޔައީއަކީ ސަރުކާރަށް ބޮޑު ފައިދާހޯދައިދޭ ވިޔަފާރިކުންފުންޏެއްގޮތަކުން ނޫނެވެ. ރާއްޖެއަށް ފައްތާފައި އޮތް ކެޕިޓަލިޒަމްގެ ސިންގާގެ ވަކިތަކުން ރައްޔިތުންނަށް ލުޔެއްހޯދައިދެވޭނެ އިންސްޓްރޫމަންޓެއްގެ ގޮތުގައެވެ. ބައެއް ވިޔަފާރިތައް ކިރިޔަކިރިޔާ ދެކޮޅު ޖައްސައިގެން ހިންގުނަސްހެވެވެ. އެއްވިޔަފާރިއަކުން ފައިދާއެއް ނުނެރެވުނަސް އެއިން ރައްޔިތުމީހާއަށްދެމުންދާ ޚިދުމަތް ހުއްޓުނަނުދިނުމަށް އެހެންގޮތްގޮތުން ފައިދާ ލިބޭ ވިޔަފާރިތައް ދީގެންނެވެ. އަޅުގަނޑު އަޑުއަހާފައި އޮންނަގޮތުން އެސްޓީއޯގެ ވިޔަފާރިތަކުން މާބޮޑަށް ފައިދާވާ ވާހަކަ އަޑުއިވުނަސް ބައެއް ރައީސުން ކޯފާވެއެވެ. އެފަދައިން ބޮޑުފައިދާ ނަގާ ކުންފުންޏަކަށް އެކުންފުނިވާކަށް ނުޖެހޭކަމަށް އެބޭފުޅުން ދެކެވަޑައިގަންނަވައެވެ. ބާޒާރުގެ އަގުތައް މިހާރު މިއޮތްވަރުގައި އޮބަހައްޓައިދެނީ އެސްޓީއޯ ބާއްވައިގެން ނޫންތޯއެވެ. ތައުލީމުދިނުމަކީވެސް މިއަދު ވިޔަފާރިއެއް ނޫންތޯއެވެ. ވިޔަފާރި އުސޫލުން ހިންގާ ޕްރައިވެޓް ކޮލެޖްތަކާއި ޔުނިވަރސިޓީތައް އައިމާ ކޮންމެހެން ސަރުކާރުން ސްކޫލް ހިންގާނެކަމެއް ނެތެއްނޫންތޯއެވެ. ރައީސްއެވެ. ހުޅަނގުގެ ކެޕިޓަލިޒަމްގެ އިންސްޓްރޫމަންޓްތައް ނާކާމިޔާބުވަމުންދާކަމަށް ހުޅަނގުގެ މުފައްކިރުން މިހާރު އެބަކިޔައެވެ. މީހެއްގެ ޖަޒްބާތަށް އެސްޓީއޯގެ ވިޔަފާރިތައް ހުއްޓާލެއްވުމުގެ ކުރިން ރާއްޖޭގައި ތިބި ކަމުގެ ގާބިލް ތަޖުރިބާކާރު ބޭފުޅުންގެ ލަފައާއި އިރުޝާދު ހޯއްދެވުމަކީ ބުއްދިވެރިކަމެކެވެ. އަޅުގަނޑުމެންނަކީ އަބަދުވެސް ގުދުރަތީ ކާރިސާއެއްގެ ބިރެއްގެތެރޭގައި ދިރިއުޅޭ ރައްޔިތަކަށްވެފައި އެފަދަ ހާލަތެއްގައި ރައްޔިތުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭވަރުގެ އުރައްޕެއްހުރި ސަރުކާރެއް ދެމެހެއްޓުންވެސް ބުއްދިވެރިއެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ
13 Oct 2026 ހަބަރު

ފުވައްމުލަކުގައި ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި ދެމީހަކަށް އަނިޔާވެއްޖެ

މިހާދިސާ ހިނގީ ރޭ ގާތް ގަނޑަކަށް 9 ޖަހާލާ ކަންހާއިރު، 3 މީހުންނާއެކު ކައްޓެޅި ބާނަން ގޮސް އޮތް ބޮއްކުރާގައި ބަނދަރުން ނުކުމެގެން ދަތުރުކުރި ލޯންޗުން ޖެހިގެންނެވެ.

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...