ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރަން ނިންމައިފި
އަންނަ އަހަރު ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ބޮޑުކުރާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައިވަނީ ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މުހިއްމު ވައުދެއްކަމަށެވެ.
އެވައުދު ފުއްދުމައްޓަކައި ކުރަންޖެހޭ ކަންކަން ނޭޝަނަލް ޕޭ ކޮމިޝަނުން ކުރައްވަމުން ގެންދަވާކަމަށް ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް ނޭޝަނަލް ޕޭ ކޮމިޝަނުން މުވައްޒަފުންގެ މުސާރައިގެ ފަރަގުކުޑަކޮށް، ހާމަނައިޒްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އަމާޒަކީ އަންނަ އަހަރުން ފެށިގެން ސިވިލްސާވަންޓުންގެ މުސާރައިގެ ކަންކަން ސަރުކާރުގެ ވައުދާއެއްގޮތަށް ކުރެވިގެންދިއުންކަމަށެވެ.
އެންމެ ފަހުން ސިވިލް ސަރވިސް މުވައްޒަފުންނަށް އިނާޔަތްތައް އިތުރުކޮށް، ޚާއްޞަ އެލަވަންސްތަކެއް ދޭން ސަރުކާރުން ފެށީ މިދިޔަ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުންފެށިގެންނެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް