އާޝާ ބޮސްލޭ
އާޝާ ބޮސްލޭ
ލައިފްސްޓައިލް 12 Apr 2026 | 08:04

ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ

ލިޔުންތެރިޔާ

އަހުމަދު ހަމީދު އާދަމް

އިންޑިއާގެ ލެޖެންޑަރީ ލަވަކިޔުންތެރިޔާ އާޝާ ބޯސްލޭ މަރުވެއްޖެ އެވެ.

އޭނާ މަރުވިކަން އާއިލާއިން ވަނީ މީޑއާތަކަށް ޔަގީންކޮށްދީފަ އެވެ. އާއިލާއިން ބުނީ އުމުރުން 92 އަހަރުގައި އާޝާ މަރުވީ ހާލު ދެރަވެ ފަރުވާ ދެމުން ދަނިކޮށް ކަމަށެވެ.

ހޮނިހިރު ދުވަހުން ފެށިގެން އޮތީ އައިސީޔޫގަ އެވެ. އޭނާގެ މާމަގެ ދަރިފުޅު ބުނީ އާޝާ އެޑްމިޓްކުރީ ހާލު ދެރަވެ  މޭގެ އިންފެކްޝަނެއް އުފެދުމުގެ ސަބަބުން ކަމަށެވެ. މަރުވީ ހާލަތު އިތުރަށް ގޯސްވެ ފަރުވާ ދެނިކޮށެވެ.

އުމުރުން 10 އަހަރުގައި ލަވަ ކިޔަން ފެށި އާޝާ އަކީ ހިންދީ ސިނަމާގައި އެންމެ ނުފޫޒު ގަދަ އެއް އަޑެވެ. އޭނާގެ ދައްތަ ލަތާއާ ދެ މީހުންނަށް މުޅި އިންޑިއާއާ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ބޮޑު ސަމާލު ކަމަކާއި މީހުންގެ މަގުބޫލުކަން ލިބުނެވެ.

އާޝާގެ 82 އަހަރުގެ ލަވައިގެ ކެރިއަރުގައި އޭނާ ވަނީ އެތައް ހާސް ލަވައެއް ރެކޯޑްކޮށްފަ އެވެ. އާޝާ މަރުވިއިރު މީގެ ހަތަރު އަހަރު ކުރީން ލަތާ ވަނީ މަރުވެފަ އެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ
06 Oct 2026 ހަބަރު

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ

ރިސޯޓެއްގައި މޫދަށް އެރި އުޅުނު ދެ ފަތުރުވެރިއަކު މަރުވެއްޖެ އެވެ. މި ހާދިސާ ހިނގީ ދ އަތޮޅު ރިސޯޓެއްގަ އެވެ. ފުލުހުން މިރޭ ބުނީ މޫދަށް އެރި އުޅުނު ދެ މީހަކު ހަބަރު ހުސްވެފައި މޫދުގައި އޮއްވާ ފެނިގެން ...

އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ
05 Oct 2026 ހަބަރު

އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ

އުމްރާގެ އަޅުކަމަށް ގޮސް ހުރި ދިވެއްސަކު ނިޔާވެއްޖެ އެވެ. ނިޔާވެފައިވަނީ ފަރީ ހައްޖު އެންޑް އުމްރާގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް ހުރި މީހެކެވެ. އެއީ ހއ. ތަކަންދޫ, ބަގީޗާގެ އަބްދުالله އަހްމަދެވ...

ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް
05 Oct 2026 ހަބަރު

ދިވެހި ދަރިވަރު ނިޔާވި އެކްސިޑެންޓް: ޑްރައިވަރު އިނީ މަސްތުވެގެން، ޑްރަގަށް ޕޮޒިޓިވް

މެލޭޝިޔާގައި ރޭ ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި ނިޔާވި ދަރިވަރު އިން ކާރު ދުއްވަން އިން ޑްރައިވަރު އިނީ މަސްތުގެ ހާލަތުގައި ކަމަށް އެ ގައުމުގެ ފުލުހުން ބުނެފި އެވެ. ރޭ ހިނގި ނުރައްކާތެރި އެ...

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ސައުސަން ނިޔާވެއްޖެ
03 Oct 2026 ހަބަރު

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު ސައުސަން ނިޔާވެއްޖެ

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރު އަލްއުސްތާޒާ ފާތިމަތު ސައުސަން މިއަދު ހެނދުނު ނިޔާވެއްޖެއެވެ. އެކަން ޓްރައިބިއުނަލްގެ ރައީސް އަމްޖަދު މުސްތަފާ ވަނީ ޔަގީންކޮށް ދެއްވާފަ އެވެ. ސައުސަން ނިޔާވީ އިނ...

މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
25 Sep 2026 ހަބަރު

މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

‏ސޯސަންމަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ވީ ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ނިޔާވި، މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފު ޢާއިޝަތު މާހިދާގެ ޢާއިލާއަށާއި، އެ އިދާރާގެ މުވައްޒަފުންނަށް ރަ...

އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
25 Sep 2026 ހަބަރު

އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ސޯޝަން މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވި އެވެ. އެއީ އަންހެނަކާއި ދެ ފިިރިހެނުންނަށެވެ. އެކްސިޑެންޓްގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ އުމު...