އަލީ ރަމީޒުގެ ގެއިން ފާޅުކަންބޮޑު ގޮތަކަށް ވައްކަން ކޮށްފި
ދީނީ ޖަމިއްޔާއެއްކަމުގައިވާ ސަލަފްގެ އިސްސަފުގައި ހަރަކާތްތެރިވާ ޢަލީ ރަމީޒްގެ ގެއިން މިއަދުގެ އިރާކޮޅުގެ ވަގުތެެއްގައި ފާޅުކަން ބޮޑުގޮތަކަށް ވައްކަންކޮށްފިއެވެ.
ޢަލީ ރަމީޒްވަނީ އޭނާގެ ރަސްމީ ފޭސްބުކް ޕޭޖްގައި ވައްކަން ކުރި މީހާގެ ސީސީޓީވީ ފޫޓޭޖެއް ހިއްސާކޮށްފައެވެ.
މިވީޑިއޯއިން ފެންނަގޮތުގައި ވައްކަންކުރި މީހާ ވަގައް ގެންދިޔައީ އޭސީ އައުޓްބޯޑް ޔުނިޓެކެވެ. އޭނާ އެޔުނިޓް ހިފައިގެން ތިރިއަށް ދިޔައީ އެ އިމާރާތުގެ އެންމެން އަރާ ފޭބުމަށް ބޭނުންކުރާ ސިޑިންކަން ފާހަގަކޮށްލަންޖެހެއެވެ.
ޢަލީ ރަމީޒް "ވޮއިސް" އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ ވައްކަން ކޮށްފައިވަނީ އެގޭގެ ދެވަނަ ފަންގިފިލާއިންނެވެ. އެބަޔަކީ އެއިމާރާތުގައި ކުއްޔަށް އުޅޭބައެއްކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
https://www.facebook.com/aliramyzbinqasim/videos/2134777683238753/?_rdc=1&_rdr
މިމައްސަލަ މިހާރުވަނީ ފުލުހަށް ހުށަހަޅާފައެވެ.
ޢަލީ ރަމީޒް ގެއިން ކުރި ވައްކަމުގެ ހާދިސާ ހިއްސާކުރުމަށް ފަހު ވިދާޅުވެފައިވަނީ "ހައްލަކީ ޝަރީޔާ" ކަމަށެވެ.
މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް